މިލިއުން ޝެއަރ ކުރައްވާ

ސަބްސްކްރިޕްޝަންގެ ހައްލަކަށް ބީއެމްއެލްއިން އަދިވެސް ބުނަނީ އަމިއްލައަށް ޑޮލަރު ހޯދައިގެން މުއާމަލާތް ކުރުމަށް

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

މިފްކޯއިން މަސް ގަންނަ އަގު ބޮޑުކޮށްފި

ބޭންކް އިންކަމް ޓެކްސް އާމްދަނީ ބޮޑުތަނުން އިތުރުވެއްޖެ

މެދުއިރުމަތީގެ ހަނގުރާމައެއްގެ ބިރާ އެކު ޑޮލަރުގެ އަގު އުފުލެނީ!

އާ ޓާމިނަލް ޖުލައި 26 ގައި ހުޅުވުމުގެ ކައުންޓްޑައުންއެއް ފަށައިފި

Screenshot

މާލެ، ދިވެހިރާއްޖެ — ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގެ ބާޒާރުގައި ޑޮލަރުގެ ދަތިކަން ހައްލުކުރުމަށް ކަމަށް ބުނެ ކާޑުތަކުގެ ލިމިޓުތަކަށް އެކި ބަދަލުތައް ގެންނަމުންދިޔަ ނަމަވެސް، އާންމުން ބޭނުންކުރާ ގިނަ އޮންލައިން ސަބްސްކްރިޕްޝަންތަކުގެ ފައިސާ ނުދެއްކި ކާޑުތައް ރިޖެކްޓްވަމުންދާތީ އާންމުންގެ ބޮޑެތި ޝަކުވާތަކެއް ކުރިމަތިވެއްޖެއެވެ. ބޭންކުން ބޭރުގެ މުއާމަލާތްތަކަށް ހުއްދަދީފައިވާ ކަމަށް ބުނާ ބައެއް ޚިދުމަތްތަކަށް ފައިސާ ދައްކަން އުޅުމުންވެސް ގިނަ ކާޑުތައް ބްލޮކްވަމުންދާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

މި މައްސަލައާ ގުޅިގެން ކަސްޓަމަރުން ބޭންކަށް ގުޅައި ނުވަތަ މެސެޖުކޮށްގެން ސުވާލުކުރުމުން، ބީއެމްއެލްގެ ކަސްޓަމަރ ކެއާ އިން ދެމުންދަނީ އެއްވެސް ހައްލެއް ނެތް “ސްޓޭންޑަޑް” ޖަވާބެކެވެ. ބޭންކުން އާންމުކޮށް އަންގަމުންދަނީ އޮންލައިންކޮށް ބޭރު ފައިސާއިން ކުރާ މުއާމަލާތްތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދަން ބޭނުންނަމަ، ޔޫއެސް ޑޮލަރު (USD) އެކައުންޓެއް ހުޅުވައި، ޑެބިޓް ކާޑުގެ ޕްރައިމަރީ އެކައުންޓް ޑޮލަރު އެކައުންޓަށް ބަދަލުކުރުމަށެވެ.

މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ވަނީ ބޮޑެތި އުނދަގޫތަކެއް ކުރިމަތިވެފައެވެ. ސަބަބަކީ ދިވެހި ރުފިޔާ (MVR) އެކައުންޓްތަކުގައި ފައިސާ ހުރި ނަމަވެސް، ކާޑުން ސަބްސްކްރިޕްޝަންތަކަށް ފައިސާ ނުދެއްކޭތީއެވެ. އަދި ބޭންކުން ބުނާ ގޮތަށް ޑޮލަރު އެކައުންޓަކުން ފައިސާ ދައްކަން ބޭނުންވި ނަމަވެސް، ރާއްޖޭގެ ބާޒާރުން ރަސްމީ ރޭޓުގައި ޑޮލަރު ގަންނަން ލިބެން ނެތުމުން، އާންމުންނަށް މަޖުބޫރުވަނީ ކާޑު ބޭނުންކުރުމަށްޓަކައި ބޮޑު އަގުގައި ކަޅު ބާޒާރުން ޑޮލަރު ގަނެގެން އެކައުންޓަށް ޖަމާކުރާށެވެ. މިއީ ބޭންކުގެ ނިޒާމު ފެއިލްވުމުން އޭގެ ބުރަ އާންމު ރައްޔިތުންގެ ބޮލުގައި އެޅުން ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ.