މިލިއުން ޝެއަރ ކުރައްވާ

ޓެލެގްރާމުން މުޅީން އާ ފީޗަރ ތަކެއް

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ބަޖެޓް ޑެފިސިޓް 950 މިލިއަން ރުފިޔާއަށް ކުޑަވެއްޖެ

ކަޅުބާޒާރުގައި ޑޮލަރުގެ އަގު ބާވީހުން މަތީގައި

އާޓިފިޝަލް އިންޓެލިޖެންސްގެ އިންގިލާބީ ކުރިއެރުންތަކާއެކު ދުނިޔޭގެ މަސައްކަތުގެ މާހައުލަށް ބޮޑެތި ބަދަލުތަކެއް އަންނަނީ

އެމް.އައި.ބީގެ މާލީ ހާލަތު އިތުރަށް ވަރުގަދަވެ، ދެވަނަ ކުއާޓަރުގައި ބޮޑު ކުރިއެރުމެއް ހޯދައިފި

މެސެޖިން ޕްލެޓްފޯމް ޓެލެގްރާމް އިން ވަނީ ވިޔަފާރިތަކަށް އާ ފީޗާސް ސެޓެއްގެ އިތުރުން އެޑް-ރެވިއު ޝެއަރިން އަށް ސަޕޯޓް ވެސް ތައާރަފްކޮށްފަ އެވެ.

ވިޔަފާރީގެ ފީޗާތަކުގެ ތެރޭގައި ކަސްޓަމައިޒްޑް ސްޓާޓް ޕޭޖް، ވިޔަފާރީގެ ގަޑިތައް ސެޓް ކުރުމުގެ ގާބިލްކަން، އަދި ޔޫޒަރ ޕްރީސެޓް ރިޕްލައިސް، ގްރީޓިންގސް، އަދި އަވޭ މެސެޖް، ޗެޓްބޮޓްސް، ޓެގްސް ފޯ ޗެޓްސް އަދި އެހެނިހެން ގޮތްތައް ހިމެނެއެވެ. އަދި އޯޑަރެއް ޓްރެކްކުރުން ނުވަތަ މޭޒެއް ރިޒާވްކުރުން ފަދަ އަމަލުތައް އިތުރުކުރުމުގެ އިޚްތިޔާރުތަކާއެކު ޓެލެގްރާމް ޗެޓެއް ވަގުތުން ހުޅުވާލާ ޗެޓަށް ލިންކްތައް އުފެއްދުމުގެ ގާބިލްކަން ވެސް މި ފީޗާތަކުގެ ސަބަބުން ލިބިގެންދާނެ އެވެ.

އަދި ޓެލެގްރާމް ވިޔަފާރި ކަސްޓަމަރުންނަށް އެމީހުންގެ ފަރާތުން މެސެޖުތަކަށް ޖަވާބު ދިނުމަށް އެހެން ޓޫލްތަކުން ނުވަތަ އޭއައި އެސިސްޓެންޓުންގެ ބޮޓްތައް ހިމެނޭ ގޮތަށް ޓެލެގްރާމް ބޮޓްތައް އިތުރު ކުރެވިދާނެ އެވެ.

އަދި މަދުވެގެން 1،000 ސަބްސްކްރައިބަރުން ތިބި ޕަބްލިކް ޗެނަލްތަކަށް %50 އާއި ހަމައަށް އާމްދަނީ ހިއްސާކުރަން ވެސް އިންސްޓޭންޓް މެސެޖިން ޕްލެޓްފޯމް ވަނީ ފަށާފައެވެ.

ޓެލެގްރާމް ބިޒްނަސް ލިބެން ހުރީ އެ ޕްލެޓްފޯމުން ފޯރުކޮށްދޭ ޕްރީމިއަމް ބަންޑަލްގެ ހިދުމަތްތަކުގެ ތެރެއިން ކަމަށާއި، ވިޔަފާރި ޔޫޒަރުންގެ މައްޗަށް މެޓާ ވޮޓްސްއެޕްގެ ހިފެހެއްޓުމަށް ގޮންޖަހާނެ ކަމަށް ބެލެވެ އެވެ.

ވިޔަފާރީގެ ފީޗާތައް ތައާރަފް ކުރުމަކީ 2024 ވަނަ އަހަރުގެ ކުރީކޮޅު ގާތްގަނޑަކަށް 5 މިލިއަން ސަބްސްކްރައިބަރުންނާ ހަމައަށް ޕްލެޓްފޯމަށް މުހިންމު ދަނޑިވަޅެކެވެ.