މިލިއުން ޝެއަރ ކުރައްވާ

ރާއްޖެއަށް ދެވަނައަށް އެންމެ ގިނަ ޓޫރިސްޓުން އަންނަނީ އިނގިރޭސިވިލާތުން

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ފުރަތަމަ ފަސް މަހުގެ ރިސޯޓު ކުލީގެ އާމްދަނީ 20 ޕަސެންޓް ކުރިއަށް

ސަބްސްކްރިޕްޝަންގެ ހައްލަކަށް ބީއެމްއެލްއިން އަދިވެސް ބުނަނީ އަމިއްލައަށް ޑޮލަރު ހޯދައިގެން މުއާމަލާތް ކުރުމަށް

މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ގެއްލުން 500 މިލިއަން ޑޮލަރަށްވުރެ މައްޗަށް

މިފްކޯއިން މަސް ގަންނަ އަގު ބޮޑުކޮށްފި

ރާއްޖެއަށް ދެވަނައަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމަކަށް އިނގިރޭސިވިލާތް ވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތަކުން އެނގޭ ގޮތުން މިމަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް އެގައުމުން ވަނީ 70،600 ޓޫރިސްޓުން އައިސްފަ އެވެ. މިދިޔަ މާޗް މަހުގެ ނިޔަލަށް ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައީ ރަޝިއާއިންނެވެ. އެ ގައުމުން މިއަހަރުގެ މިހާތަނަށް އައިސްފައިވަނީ 70،500 ޓޫރިސްޓުންނެވެ. އެންމެ ގިނަ ޓޫރިސްޓުން އަންނަ ޗައިނާއިން ވަނީ 77،000 ޓޫރިސްޓުން އައިސްފަ އެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ 670،000 ޓޫރިސްޓުން އައިސްފަ އެވެ. ވޭތުވެދިޔަ ތިން މަހު ވެސް، ކޮންމެ މަހަކު ދެ ލައްކަ އަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެއަށް އައެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ތިން މަހަށް ވުރެ ގާތްގަނޑަކަށް ހަ ޕަސެންޓުގެ ކުރިއެރުމެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ވަނީ 630،000 ޓޫރިސްޓުން އައިސްފަ އެވެ.

މިދިޔަ އަހަރު ނިމުނު އިރު ވެސް އިނގިރޭސިވިލާތް އޮތީ ރާއްޖެއަށް ޓޫރިސްޓުން އެންމެ ގިނައިން އަންނަ ތިން ވަނަ ގައުމުގެ ގޮތުގަ އެވެ. އެގައުމުން އަންނަ ޓޫރިސްޓުން އިތުރުވި އިރު އިނގިރޭސިވިލާތުގެ އެންމެ މަޝްހޫރު އެއް ފުޓްބޯޅަ ކްލަބް، ލިވަޕޫލްގެ ޓޫރިޒަމް ޑެސްޓިނޭޝަން ޕާޓްނަރެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓްކުރުމުގެ ކެމްޕޭން ވަނީ ފަށާފަ އެވެ.

ކްލަބް ލިވަޕޫލްގެ “އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރު”ގެ ގޮތުގައި ރާއްޖެ ހަމަޖެއްސީ ރާއްޖޭގެ ޓޫރިޒަމް ބްރޭންޑް އިޝްތިހާރު ކުރާ މިންވަރު އިތުރުކޮށް، ރާއްޖެއަށް ޒިޔާރަތްކުރުމަށް އިތުރު ޓޫރިސްޓުންނަށް ހިތްވަރު ދިނުމުގެ ގޮތުން ކަމަށް ސަރުކާރުން ބުންޏެވެ. އެ އެގްރީމެންޓްގެ ދަށުން ލިވަޕޫލްގެ ޑެސްޓިނޭޝަން ޕާޓްނަރެއްގެ ގޮތުގައި އެ ކްލަބްގެ އެކި ހަރަކާތްތަކުގައި ތިން އަހަރާއި ހަ މަސް ދުވަހަށް ރާއްޖެ ޕްރޮމޯޓު ކުރާނެ އެވެ.