މިލިއުން ޝެއަރ ކުރައްވާ

ރެޑް ސްޓާގެ އިތުރު އައުޓްލެޓެއް

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ބަޖެޓް ޑެފިސިޓް 950 މިލިއަން ރުފިޔާއަށް ކުޑަވެއްޖެ

ކަޅުބާޒާރުގައި ޑޮލަރުގެ އަގު ބާވީހުން މަތީގައި

އެމް.އައި.ބީގެ މާލީ ހާލަތު އިތުރަށް ވަރުގަދަވެ، ދެވަނަ ކުއާޓަރުގައި ބޮޑު ކުރިއެރުމެއް ހޯދައިފި

ކްރޫޒް ލައިނާތަކުން އައި ޓޫރިސްޓުންގެ އަދަދު ދެ ގުނަ މައްޗަށް

ބަދިގެތަކަށާއި ގޭތެރޭގައި ހިފާ ގެންގުޅޭ ސާމާނަށް އަމާޒު ކޮށްގެން، ހޯމް އެޕްލައެންސަށް ޚާއްސަ “ރެޑް ސްޓާ ހޯމް ވެއާ” ރޭ ހުޅުވައިފިއެވެ.

ރެޑް ސްޓާއަކީ ވޭތުވެދިޔަ އަހަރުތަކުގައި ރެސްޓޯރަންޓާއި ރިސޯޓު ބަދިގެތަކަށް ޚާއްޞަ އަހަންމިއްޔަތު ކަމެއް ދީގެން ވިޔަފާރި ކުރަމުން އައި ކުންފުންޏެކެވެ.

ރޭ ހުޅުވި އައުޓްލެޓަކީ ފަރީދީ މަގުގައި ހުރި ފިހާރައެކެވެ. މިއީ ރެޑް ސްޓާގެ ދެވަނަ އައުޓްލެޓެވެ.

މި އައުޓްލެޓް ހުޅުވައިދެއްވީ ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒެވެ.

ރެޑް ސްޓާއިން ބުނީ، އަލަށް ހުޅުވި އައުޓްލެޓާ އެކު މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ޚާއްސަ ޕްރޮމޯޝަނެއް އެ ފިހާރައިގައި ކުރިއަށްދާނެ ކަމަށެވެ.

“ބޮޑަށް އަޅުގަނޑުމެން ފޯކަސް ކޮށްފައިވާނީ ކޮމާޝަލްއާއި ހޯމްއާ ޑޮމެކްސްޓިކް މާކެޓަށް ވަކިކޮށްލަން. ކުރީގައި އަޅުގަނޑުމެންގެ ފިހާރައިގައި ހުރިހާ އެއްޗެއް މިކްސްކޮށް ހުރީމާ ޑޮމެސްޓިކް މާކެޓް ކަސްޓަމަރުންނަށް ވަރަށް ބޮޑު އުނދަގޫ ކަމަކަށްވޭ އައިޓަމް ޗޫޒްކުރަން،” އެ ފިހާރައިން ބުންޏެވެ.

ރޭ ހުޅުވި ފިހާރަ ގޭތެރޭގައި ހިފާ ގެންގުޅޭ ސާމާނަށް ޚާއްސަކޮށްފައިވާއިރު، ފިލިޕްސް، އައިކިއާ، ޕެނަސޮނިކް ހިޓާޗީ ފަދަ ބްރޭންޑުތަކުގެ ތަކެތި ލިބެން ހުންނާނެއެވެ.

މި ފިހާރައިން ބަދިގެއަށް ބޭނުންވާ ތެލި ސެޓާއި، ކާތަށްޓާއި، ބްލެންޑަރު، އުލާއި ސަމުސާ ފަދަ ތަކެތި އެކި ޑިޒައިންތަކުން އެކު ކުލަތަކުގައި ލިބެން އެބަހުއްޓެވެ. ބަދިގެ ސާމާނުގެ އިތުރުން ވެސް ގޭތެރޭގައި ބޭނުންކުރާ އިސްތިރި ފަދަ ސާމާނު ވެސް ލިބެން އެބަހުއްޓެވެ.

ރެޑް ސްޓާގެ މައި އައުޓްލެޓް ކަމުގައިވާ “ރެޑް ސްޓާ ރިސޯޓްވެއާ” ވެސް ހުރީ ފަރީދީ މަގުގައެވެ.

ރެޑް ސްޓާގެ ބަދިގެ ސާމާނުގެ ވިޔަފާރި ފެށުނީ މީގެ 20 ވަރަކަށް އަހަރު ކުރިން މާފަންނު ގަޑިބުރު ސަރަހައްދުގައި ހުޅުވި ފިހާރައަކުންނެވެ. ޖާގަ ކުޑަ ނަމަވެސް އޭރު ވެސް ރިސޯޓުތަކަށް ޚާއްޞަ ބަދިގެ ސާމާނު ގަތުމަށްޓަކައި ގިނަ ބަޔަކު އެ ފިހާރަ ޚިޔާރުކުރިއެވެ.

އޭގެ ފަހުން 2022 ވަނަ އަހަރު ހުޅުވި ރެޑް ސްޓާ ރިސޯޓްވެއާ ފިހާރައަކީ ޖާގަ ތަނަވަސް، ކަސްޓަމަރުންނަށް ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް ފަރުމާކޮށްފައިވާ ދެ ފަންގިފިލާގެ ފިހާރައެކެވެ.