މިލިއުން ޝެއަރ ކުރައްވާ

ބީއެމްއެލްގެ ރޯދަ ޕްރޮމޯޝަން ރެޑް ވޭވްއާއެކު ފަށައިފި

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

މި މަސް ނިމުމުގެ ކުރިން ބީއެމްއެލް ޑޮލަރު ލިމިޓަށް ހެޔޮ ބަދަލުތަކެއް ގެންނަނީ

ސަރަހައްދީ ހަމަ ނުޖެހުންތަކާއި އެކު ބީއެމްޑަބްލިޔުގެ ފައިދާ ދަށަށްދާނެކަމުގެ އިންޒާރު.

ދައުލަތުގެ ޖުމްލަ ޚަރަދު 19.1 ބިލިއަން ރުފިޔާއަށް؛ އެންމެ ބޮޑު ހޭދައެއް ތަޢުލީމީ ދާއިރާއަށް

ޑިޖިޓަލް ބަދަލަށް ތައްޔާރުވުން: ޕޭޕަލްގެ ފުރިހަމަ ޚިދުމަތް ފެށުމުގެ ކުރިން ދިވެހިން ކުރަންވީ ކީއް؟

ރެޑްވޭވް އަދި ބޭންކް އޮފް މޯލްޑިވްސް ގުޅިގެން ރަމަޟާން މަހަށް ޚާއްޞަކޮށް “ރަން ފުރުޞަތު” ނަމުގައި ވަރަށް ފައިދާހުރި ޕްރޮމޯޝަނެއް ތަޢާރަފުކޮށްފިއެވެ.

މި ޕްރޮމޯޝަނުގެ ދަށުން، ބީއެމްއެލްގެ ކާޑު ބޭނުންކޮށްގެން ރެޑްވޭވްގެ ފިހާރަތަކުން ގަންނަ ތަކެއްޗަށް ގިނަގުނަ އިނާމުތަކެއް ލިބުމުގެ ފުރުޞަތު ކަސްޓަމަރުންނަށް ހުޅުވާލެވިފައިވެއެވެ. މިގޮތުން:

1. ރަމަޟާން މަހުގެ ކޮންމެ ހަފުތާއެއްގައި ގުރުއަތުން ހޮވޭ އެއް ފަރާތަކަށް 5,000 ރުފިޔާގެ ގިފްޓް ވައުޗަރެއް ލިބޭނެއެވެ.

2. ޝައްވާލު މަހުގެ 1 އިން 7 އަށް، ކޮންމެ ދުވަހަކު އެއް ފަރާތަކަށް 2,000 ރުފިޔާގެ ބީއެމްއެލް ގިފްޓް ކާޑެއް ލިބުމުގެ ފުރުޞަތު އޮންނާނެއެވެ.

މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް، ރެޑްވޭވްގެ ފިހާރަތަކުން 300 ރުފިޔާއިން މަތީގެ ޚަރަދެއް ކުރުމަށްފަހު، ބީއެމްއެލްގެ ކާޑަކުން އަގު އަދާކުރުން ފުދޭނެއެވެ.

މި ޚާއްޞަ ޕްރޮމޯޝަނަކީ ރަމަޟާން މަހާއި ޢީދު ދުވަސްވަރު ކަސްޓަމަރުންނަށް އިތުރު ހިތްހަމަޖެހުމަކާއި މާލީ ލުޔެއް ހޯދައިދިނުމަށް ރޭވިފައިވާ ޕްރޮގްރާމެކެވެ.ކެވެ.