މިލިއުން ޝެއަރ ކުރައްވާ

ކޮރަލް ބޮލެވާޑު މައްސަލައިގައި 6.5 ބިލިއަން ރުފިޔާގެ ބަދަލެއް ހޯދަން ކޯޓަށް!

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ބަޖެޓް ޑެފިސިޓް 950 މިލިއަން ރުފިޔާއަށް ކުޑަވެއްޖެ

ކަޅުބާޒާރުގައި ޑޮލަރުގެ އަގު ބާވީހުން މަތީގައި

އެމް.އައި.ބީގެ މާލީ ހާލަތު އިތުރަށް ވަރުގަދަވެ، ދެވަނަ ކުއާޓަރުގައި ބޮޑު ކުރިއެރުމެއް ހޯދައިފި

ކްރޫޒް ލައިނާތަކުން އައި ޓޫރިސްޓުންގެ އަދަދު ދެ ގުނަ މައްޗަށް

“ކޮރަލް ބޮލެވާޑް” ނަމުގައި ރެޒިޑެންޝަން ކޮމްޕްލެކްސްއެއް ތަރައްޤީކުރުމަށް ސިންގަޕޫރުގެ ކުންފުންޏަކަށް ދިން ބިން އަތުލި މައްސަލައިގައި ބަދަލެއްގެ ގޮތުގައި 6.5 ބިލިއަން ރުފިޔާ ހޯދަން ހުށަހެޅި މައްސަލަ ބެލުމުގެ އިހްތިސާސް އެބައޮތްކަމަށް ސިވިލް ކޯޓުން ނިންމައިފިއެވެ.

މިއީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި ފެށި ޕްރޮޖެކްޓެކެވެ. ނަމަވެސް ޕްރޮޖެކްޓް ހަވާލުކޮށްފައިވާ ސިންގަޕޫރު ކުންފުނި، ކޮރަލް ބޮލެވާޑަށް ދީފައިވާ އެ ބިން އަތުލުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނިންމި އެވެ. އެއީ ބަދަލުގައި ހުޅުމާލޭން ބިމެއް ދޭ ގޮތަށެވެ.

ކޮރަލް ބޮލެވާޑް ކުންފުނިން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ ރަސްފަންނު ސަރަހައްދުން އަތުލި ބިމުގެ ބަދަލުގައި ސަރުކާރުން އެކުންފުންޏަށް ހުޅުމާލެއިން ދޭން އެއްބަސްވި ބިން ދީފައިނުވާތީއެވެ. ކޮރަލް ބޮލެވާޑް ކުންފުނިން ދައުލަތާއި، ހައުސިން މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީއާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި އެދިފައިވަނީ ބިން ހަމަޖައްސައި ދީފައިނުވާތީ ބަދަލެއްގެ ގޮތުގައި 426.8 މިލިއަން ޑޮލަރު ނުވަތަ 6.5 ބިލިއަން ރުފިޔާ ނަގައިދިނުމަށެވެ.

މިއީ ސިވިލް ކޯޓުގެ އިހުތިސޯސް ލިބިދޭ މައްސަލައެއްތޯ ބެލުމަށް ފަހު، އެ ކޯޓުން ނިންމާފައިވަނީ ފިނޭންސް މިނިސްޓްރީއާއި ދިވެހި ދައުލަތުގެ މައްޗަށް އެ ދައުވާ ނުކުރެވޭނެ ކަމަށެވެ. ނަމަވެސް ހައުސިން މިނިސްޓްރީން އެއްބަސްވުމާ ހިލާފަށް އަމަލުކޮށްފައިވާތީ އެ މިނިސްޓްރީގެ މައްޗަށް ދައުވާ ކުރެވޭނެ ކަމަށެވެ.

ކޮރަލް ބޮލެވާޑް މަޝްރޫޢުގެ ދަށުން ރަސްފަންނު ސަރަހައްދުގައި 25 ބުރިއާއި 28 ބުރީގެ 4 ޓަވަރެއް އެޅުމަށް އޮތީ ނިންމާފައެވެ.