މިލިއުން ޝެއަރ ކުރައްވާ

އަހަރުގެ ފުރަތަމަ 10 ދުވަހު ރާއްޖެއަށް ބައިލައްކަ ފަތުރުވެރިން ޒިޔާރަތް ކޮށްފި

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ފުރަތަމަ ފަސް މަހުގެ ރިސޯޓު ކުލީގެ އާމްދަނީ 20 ޕަސެންޓް ކުރިއަށް

ސަބްސްކްރިޕްޝަންގެ ހައްލަކަށް ބީއެމްއެލްއިން އަދިވެސް ބުނަނީ އަމިއްލައަށް ޑޮލަރު ހޯދައިގެން މުއާމަލާތް ކުރުމަށް

މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ގެއްލުން 500 މިލިއަން ޑޮލަރަށްވުރެ މައްޗަށް

މިފްކޯއިން މަސް ގަންނަ އަގު ބޮޑުކޮށްފި

ރާއްޖެއަށް މިއަހަރުގެ މިހާތަނަށް 50،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި ރާއްޖެ އަށް 50،983 ޓޫރިސްޓުން ވަނީ އައިސްފައިވެ އެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކުރި 47،931 ފަތުރުވެރިންނަށްވުރެ 6.4 ޕަސަންޓް އިތުރުވުމެކެވެ. އަދި އެވަރެޖްކޮށް ދުވާލަކު 5،600 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރެ އެވެ.

މި އަހަރު އެންމެ ގިނައިން ޓޫރިސްޓުން އައިސްފައި ވަނީ ރަޝިއާއިންނެވެ. އެ ގައުމުން ވަނީ 7،000 ޓޫރިސްޓުން އައިސްފަ އެވެ. ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ އިޓަލީއިންނެވެ. އެ ގައުމުން 6،500 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި ތިން ވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ އިނގިރޭސިވިލާތުންނެވެ. އެ ގައުމުން 3،300 ޓޫރިސްޓުން ވަނީ އައިސްފަ އެވެ. އިންޑިއާ އިން 3،300 ޓޫރިސްޓުން އައި އިރު ޖަރުމަންވިލާތުން އައިސްފައި ވަނީ 2،700 ޓޫރިސްޓުންނެވެ.

މީގެއިތުރުން އެމެރިކާއިން 1،996 ފަތުރުވެރިން ރާއްޖެ އައިއިރު ޗައިނާގެ ފަތުރުވެރިންގެ އަދަދަކީ 1،676 އެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގެ އަށްވަނައިގައި އޮތް ފްރާންސުން 1،402 ފަތުރުވެރިން ޒިޔާރަތްކުރިއިރު ކަޒަކިސްތާނުން 1،332 ފަތުރުވެރިން އަދި ސައުދީ އަރަބިއްޔާއިން 1،182 ފަތުރުވެރިން އައިސްފައިވެ އެވެ.

މިދިޔަ އަހަރު ރާއްޖެ އަށް އައިސްފައި ވަނީ 1.8 މިލިއަން ޓޫރިސްޓުންނެވެ. މި އަހަރުގެ އަމާޒަކީ ދެ މިލިއަން ޓޫރިސްޓުން ގެނައުމެވެ.