މިލިއުން ޝެއަރ ކުރައްވާ

އައިކެއަރ ކުޅުދުއްފުއްޓަށް

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ބަޖެޓް ޑެފިސިޓް 950 މިލިއަން ރުފިޔާއަށް ކުޑަވެއްޖެ

ކަޅުބާޒާރުގައި ޑޮލަރުގެ އަގު ބާވީހުން މަތީގައި

އެމް.އައި.ބީގެ މާލީ ހާލަތު އިތުރަށް ވަރުގަދަވެ، ދެވަނަ ކުއާޓަރުގައި ބޮޑު ކުރިއެރުމެއް ހޯދައިފި

ކްރޫޒް ލައިނާތަކުން އައި ޓޫރިސްޓުންގެ އަދަދު ދެ ގުނަ މައްޗަށް

އަގުހެޔޮ އޮފަރތަކާއެކު، އައިކެއާގެ އައު އައުޓްލެޓެއް ކުޅުދުއްފުށި ސިޓީގައި ހުޅުވައިފިއެވެ.

މި އައުޓްލެޓް ރަސްމީކޮށް ހުޅުވާލެވުނީ އިއްޔެ ކުޅުދުއްފުށީގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

އައުޓްލެޓް ހުޅުވުމާ ގުޅިގެން، އަވިއައިނާއި ނަންބަރު އައިނުން 30 ޕަސެންޓުގެ ޚާއްޞަ ޑިސްކައުންޓެއް ދެވޭނެ ކަމަށާއި، ފުރަތަމަ 50 ކަސްޓަމަރުންގެ ތެރެއިން އެއް ކަސްޓަމަރަކަށް ފައިސާ އަނބުރާ ލިބޭނެ ޚާއްޞަ ޕްރޮމޯޝަނެއްވެސް ކުރިއަށްދާނެ ކަމަށް އައިކެއާއިން މަޢުލޫމާތު ދީފައިވެއެވެ.

އައިކެއާއިން އިތުރަށް ހާމަކުރި ގޮތުގައި، ކުޅުދުއްފުށީގައި އަލަށް ހުޅުވުނު އައުޓްލެޓުން ލޮލުގެ ފަރުވާއާ ގުޅުންހުރި ޚިދުމަތްތަކެއް ލިބެން ހުންނާނެއެވެ. މީގެ އިތުރުން، އެކި ބާވަތްތަކުގެ ގިނަ އަދަދެއްގެ އައިނުވެސް ލިބެން ހުންނާނެއެވެ.

ކަސްޓަމަރުންނަށް ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑްތަކުގެ ނަންބަރު އައިނާއި، އަވިއައިނާއި، ފްރޭމްތައް ލިބެން ހުންނާނެ ކަމަށް އައިކެއާއިން ފާހަގަކޮށްފައިވެއެވެ. އަދި މީގެ އިތުރުން، ފެންވަރު ރަނގަޅު ކޮންޓެކްޓް ލެންސާއި، ކަސްޓަމަރުންނަށް ޚާއްޞަކޮށް ފަރުމާކުރެވިފައިވާ އުފެއްދުންތައްވެސް ލިބެން ހުންނާނެ ކަމަށް އައިކެއާއިން ބުނެފައިވެއެވެ.

އައިކެއާގެ ފަރާތުން އިތުރަށް ހާމަކުރި ގޮތުގައި، މި އައު އައުޓްލެޓް ކުޅުދުއްފުށީގައި ހުޅުވާފައިވަނީ، އެ ސިޓީގައި ލޮލުގެ ފަރުވާއާ ގުޅުންހުރި ޚިދުމަތްތަކަށް އޮތް ޑިމާންޑް އިތުރުވުމާ ގުޅިގެންނެވެ. އަދި ރައްޔިތުންނަށް އިތުބާރުހުރި، ޒަމާނީ އައިނު ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށްދިނުމުގެ މަޤްޞަދުގައެވެ.

އައިކެއާގެ އަމާޒަކީ އެ ސަރަޙައްދުގައި އޮޕްޓިކަލް ކެއަރގެ އައު މިންގަނޑުތަކެއް ކަނޑައަޅައި، އާންމުންގެ ޞިއްޙަތާއި ދުޅަހެޔޮކަން ކުރިއެރުވުމަށް މަސައްކަތްކުރުން ކަމުގައި ބަޔާންކޮށްފައިވެއެވެ.