މިލިއުން ޝެއަރ ކުރައްވާ

އުރީދޫގެ ސައިކަލު ލިބޭ ޕްރޮމޯޝަން ނިމިއްޖެ

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ބަޖެޓް ޑެފިސިޓް 950 މިލިއަން ރުފިޔާއަށް ކުޑަވެއްޖެ

ކަޅުބާޒާރުގައި ޑޮލަރުގެ އަގު ބާވީހުން މަތީގައި

އެމް.އައި.ބީގެ މާލީ ހާލަތު އިތުރަށް ވަރުގަދަވެ، ދެވަނަ ކުއާޓަރުގައި ބޮޑު ކުރިއެރުމެއް ހޯދައިފި

ކްރޫޒް ލައިނާތަކުން އައި ޓޫރިސްޓުންގެ އަދަދު ދެ ގުނަ މައްޗަށް

އުރީދޫ މޯލްޑިވްސްއިން ކުރިއަށްގެންދިޔަ 5ޖީ ލިބޭ ކެމްޕެއިންގެ ދަށުން ކޮންމެ ތިންދުވަހަކުން އަގުހުރި އާ ސައިކަލެއް ލިބޭ ޕްރޮމޯޝަން ނިންމާލައިފިއެވެ.

އުރީދޫ މޯލްޑިވްސް އަކީރާއްޖޭގެ 60 އިންސައްތަ ކަވަރުކުރާ ރާއްޖޭގެ އެންމެ ވަރުގަދަ އަދި އެންމެ ބޮޑު 5ޖީނެޓްވޯކެވެ.

މި ޕްރޮމޯޝަނުގެ އެންމެ އަގުހުރި އިނާމު، ހޮންޑާ ރިބެލްގެ ނަސީބުވެރިޔަކަށް އިބްރާހިމް އަފްރާ ހޮވި، ހުޅުމާލެ ރުއްގަނޑުގައި ބޭއްވުނު ކުލަގަދަ ޝޯވއެއްގައި ވަނީ އިނާމު ހަވާލު ކުރެވިފައެވެ. މި ޕްރޮމޯޝަނުގައި އުރީދޫގެ 30 ކަސްޓަމަރަކަށް 30 ސައިކަލު ވަނީ ދޫކޮށްލެވިފައެވެ.

31 ޑިސެމްބަރު 2024 ގެ ނިޔަލަށް ކުރިއަށްދިޔަ މި ޕްރޮމޯޝަނުގައި ކަސްޓަމަރުންނަށް ކޮންމެ ތިން ދުވަހަކުން ސައިކަލެއް ކާމިޔާބު ކުރުމުގެ ފުރުސަތު ފަހިވެގެން ދިޔަ އެވެ.

ލިބޭ ސައިކަލުތަކުގެ ތެރޭގައި ހިމެނުނީ؛

• އެއާ ބްލޭޑް 125 – ސްޓޭންޑާޑް އެޑިޝަން (ރަތް ކުލަ)

• އެއާ ބްލޭޑް 160 – ސްޓޭންޑާޑް އެޑިޝަން (ރަތް ކުލަ)

• ޕީސީއެކްސް160 (ކަޅު ކުލަ)

އަދި މި ޕްރޮމޯޝަނުގެ އެންމެ އަގުހުރި އިނާމެއްގެ ގޮތުން ނަސީބުވެރި ފަރާތަކަށް 2024 ވަނަ އަހަރުގެ ރެބެލް 300 (ކަޅު) ސައިކަލެއް ލިބިގެންދިޔައެވެ.

މި ޕްރޮމޯޝަނަކީއުރީދޫގެ 5ޖީ ލިބޭ ކެމްޕެއިންގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިދިރިއުޅޭ މުޖުތަމައުތަކަށް ހަލުވި ސްޕީޑާއި ލެޓެންސީ ދަށްކޮށް، ކަނެކްޓިވިޓީއިތުރުކޮށްދޭ އުރީދޫގެ ޒަމާނީ 5ޖީ ޓެކްނޮލޮޖީ ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޕްރޮމޯޝަނެކެވެ.