މިލިއުން ޝެއަރ ކުރައްވާ

އުރީދޫ ސުޕަނެޓު ކަނެކްޝަނަކާއެކު ސްމާޓް ހޯމް ޑިވައިސް ހިމެނޭ އޮފާއެއް

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ބަޖެޓް ޑެފިސިޓް 950 މިލިއަން ރުފިޔާއަށް ކުޑަވެއްޖެ

ކަޅުބާޒާރުގައި ޑޮލަރުގެ އަގު ބާވީހުން މަތީގައި

އެމް.އައި.ބީގެ މާލީ ހާލަތު އިތުރަށް ވަރުގަދަވެ، ދެވަނަ ކުއާޓަރުގައި ބޮޑު ކުރިއެރުމެއް ހޯދައިފި

ކްރޫޒް ލައިނާތަކުން އައި ޓޫރިސްޓުންގެ އަދަދު ދެ ގުނަ މައްޗަށް

އުރީދޫ މޯލްޑިވްސްއިން ސްމާޓް ޑިވައިސްތައް ސީމްލެސް ބްރޯޑްބޭންޑް ކަނެކްޓިވިޓީގެ ބާރުން އިންޓަގްރޭޓްކޮށް, އާންމު ދިރިއުޅުމަށް ހެޔޮ ބަދަލު ގެނައުމުގެ މަގުސަދުގައި ސްމާޓާ ހޯމް އިނީޝިއޭޓިވްއެއް ތައާރަފްކޮށްފިއެވެ.

އުރީދޫއިން ބުނީ ކޮންމެ ސުޕަނެޓް ކަނެކްޝަނަކާ އެކު ކަސްޓަމަރުންނަށް މިހާރު ބަންޑަލްޑް އޮފާއެއްގެ ގޮތުގައި، ސެކިއުރިޓީ ކެމެރާއާއި ސްމާޓް ޑޯބެލް އަދި ކްލައުޑް ސްޓޯރެޖާއެކު ޒަރޫރީ ސްމާޓް ހޯމް ޑިވައިސްތައް ހިމަނައިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ގޭބިސީތަކަށް ލުއި ފަސޭހަކަމާއި ސަލާމަތާއި ހިތްހަމަޖެހުން ލިބިގެންދާނެ ކަމަށެވެ.

އަދި މިހާރު ސުޕަނެޓް ބޭނުންކުރަމުންދާ ފަރާތްތަކަށް ވެސް މި ސްމާޓާ ހޯމް ބަންޑްލް ނެގުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ބުންޏެވެ.

އަލަށް ތައާރަފްކުރި މި އޮފާއަކީ ކަސްޓަމަރުންނަށް ރިމޯޓްކޮށް ގެތައް މޮނިޓާކޮށް ރައްކާތެރިކުރުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދީ ސްމާޓް ގެތައް އުފެއްދުމަށް ފަރުމާކޮށްފައިވާ އޮފާއެއް ކަމަށް އުރީދޫއިން ބުންޏެވެ.

އުރީދޫ ސުޕަނެޓް، އުރީދޫގެ ހައި ސްޕީޑް ބްރޯޑްބޭންޑް އިންޓަނެޓް މެދުވެރިކޮށް ބޭނުންކުރާ މި ޑިވައިސްތަކުގެ ސަބަބުން މެދުކެނޑުމެއް ނެތި ކަނެކްޓިވިޓީ ކަށަވަރުވެ، ގޭގެ ވެރިންނަށް ކޮންމެ ތަނަކުން ވެސް ރިއަލްޓައިމް އަޕްޑޭޓާއި އެލާޓް ލިބޭނެ އެވެ. މި މަސައްކަތުގެ މައިބަދަ ކަމަށްވާ އުރީދޫ ސުޕަނެޓުން އިތުބާރު ހިފޭ ބްރޯޑްބޭންޑް ކަނެކްޓިވިޓީ ފޯރުކޮށްދީ، މި ސްމާޓް ޑިވައިސްތައް މެދުކެނޑުމެއް ނެތި ފަސޭހަކަމާއެކު މަސައްކަތް ކުރުމަށް މަގުފަހިކޮށްދެއެވެ.

ލައިވް ކެމެރާ ފުޓޭޖް ސްޓްރީމް ކުރިޔަސް ނުވަތަ ޑޯބެލް އެލާޓް ލިބުނު ނަމަވެސް ކަސްޓަމަރުންނަށް އެންމެ ރަނގަޅު ޕާފޯމަންސެއް ލިބިގެންދާނެ ކަމަށާއި، އުރީދޫ ސުޕަނެޓަކީ ފުލީ އިންޓަގްރޭޓެޑް ސްމާޓް ހޯމް އެކްސްޕީރިއަންސަކަށް އެންމެ ރަނގަޅު ހައްލަކަށް ވެގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ސްމާޓާ ހޯމް ބަންޑަލް ސުޕަނެޓު ބޭނުން ކުރާ ފަރާތްތަކާއި، މުޅިން އަލަން ސުޕަނެޓު ނަންގަވާ ކަސްޓަމަރުންނަށް މި އޮފާގެ ފުރުސަތު ލިބިގެންދާނެއެވެ. އުރީދޫއިން ބުނީ، ޒަމާނީ ސްމާޓް ޓެކްނޮލޮޖީއާއެކު ގެތައް އަޕްގްރޭޑް ކުރަން ކުރިއަށްވުރެ ފަސޭހަވެގެން ދާނެ ކަމަށެވެ.