މިލިއުން ޝެއަރ ކުރައްވާ

އެފްއެންޑްބީ ޝޯ މިއަދު ފަށައިފި

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ޑިޖިޓަލް ބަދަލަށް ތައްޔާރުވުން: ޕޭޕަލްގެ ފުރިހަމަ ޚިދުމަތް ފެށުމުގެ ކުރިން ދިވެހިން ކުރަންވީ ކީއް؟

ޕޭޕަލްގެ ހިދުމަތް ރަސްމީކޮށް ދިވެހިރާއްޖެއަށް ތައާރަފުކޮށްފި

ބީއެމްއެލްގެ 1000 ޑޮލަރު ލިބޭ ޕްރޮމޯޝަން

އިންކަމް ޓެކްސްއިން ލިބުނު އާމްދަނީއަށް ބޮޑު ކުރިއެރުމެއް

ހައިރައިޒްގެ އަށްވަނަ އަހަރީ ފުޑް އެންޑް ބެވްރޭޖް ޝޯ (އެފްއެންޑްބީޝޯ) މިއަދު ރަސްމީކޮށް ފަށައިފިއެވެ. މި ޝޯއަކީ ރަމަޟާން މަހާ ދިމާކޮށް ކޮންމެ އަހަރަކުވެސް ބާއްވާ ޚާއްޞަ ޝޯއެކެވެ.

ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފް ވަނީ މިއަދުގެ ހަވީރު މި ޝޯ ރަސްމީކޮށް ހުޅުއްވައިދެއްވައި، ބައެއް ސްޓޯލްތައް ޒިޔާރަތްކުރައްވާފައެވެ.

ހައިރައިޒްއިން މަޢުލޫމާތު ދެއްވިގޮތުގައި، މި ޝޯގެ މައިގަނޑު މަޤްޞަދަކީ ރޯދަ މަހަށް ޚާއްޞަކޮށް ތައްޔާރުކުރާ ކާބޯތަކެތީގެ މަޢުލޫމާތު އެއްތަނަކުން ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދިނުމެވެ. މީގެ އިތުރުން، ޕްރޮޑަކްޓްތައް ގަތުމުގެ ކުރިން އެ ތަކެއްޗާ ބެހޭ މުހިންމު މަޢުލޫމާތު ސާފުކޮށް، އަޖުމަ ބެލުމުގެ ފުރުޞަތު ޒިޔާރަތްކުރާ ފަރާތްތަކަށް ލިބިގެންދާނެއެވެ.

މި ޝޯ ކުރިއަށްދާނީ ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި ކުރިއަށް އޮތް ހަތަރު ދުވަހުގެ މުއްދަތަށެވެ. މިއަހަރުގެ ޝޯގައި 40 އަށްވުރެ ގިނަ ފަރާތްތަކުން ބައިވެރިވެފައިވާއިރު، ޝެފް ގިލްޑް މޯލްޑިވްސް (ސީޖީއެމް) އާ ގުޅިގެން ޒުވާން ޝެފުން ފާހަގަކޮށް، ޚާއްޞަ ލައިވް ކޭކް ޑިސްޕްލޭއެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ހައިރައިޒްއިން ވަނީ މި ޝޯއަށް ގިނަ ބަޔަކު ޒިޔާރަތްކޮށް، ރޯދަ މަހަށް ބޭނުންވާ ތަކެތި ގަތުމުގެ ކުރިން އެތަކެތި އަޖުމަ ބެލުމުގެ ފުރުޞަތު ހޯދުމަށް ޢާންމުންނަށް ދަޢުވަތު ދެއްވާފައެވެ.