މިލިއުން ޝެއަރ ކުރައްވާ

މާކް ޒަކަބާގް ބޭނުންވަނީ އަމިއްލަ ރެސްޓޯރަންޓެއް ހުޅުވަން

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

އެމް.އައި.ބީގެ މާލީ ހާލަތު އިތުރަށް ވަރުގަދަވެ، ދެވަނަ ކުއާޓަރުގައި ބޮޑު ކުރިއެރުމެއް ހޯދައިފި

ކްރޫޒް ލައިނާތަކުން އައި ޓޫރިސްޓުންގެ އަދަދު ދެ ގުނަ މައްޗަށް

ސްޓްރައިޕް އާއި އެޑްވެންޓުން ޕޭޕަލް ގަންނަން ހުށަހެޅި 53 ބިލިއަން ޑޮލަރުގެ ބިޑާއެކު ފިންޓެކް ދާއިރާ ހަލަބޮލިވެއްޖެ

ދިވެހިރާއްޖޭގެ ފަތުރުވެރިކަން: މިހާރުގެ ހާލަތާއި ކުރިމަގުގެ އަންދާޒާ

ފޭސްބުކް ހިންގާ ކުންފުނި — މެޓާގެ ސީއީއޯ މާކް ޒަކަބާގް ކުރިއަށް އޮތް ދުވަސްތަކުގައި ބޭނުންވަނީ އަމިއްލަ ރެސްޓޯރަންޓެއް ހުޅުވަން ކަމަށް އޭނާ ބުނެފި އެވެ.

މާކް ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުނީ ޓެކް ދާއިރާ ދޫކޮށްލާ ދުވަހަކުން އޭނާ ބޭނުންވަނީ “މާކްސް މީޓްސް” ނަމަކަށް ކިޔާ އަމިއްލަ ރެސްޓޯރަންޓެއް ހުޅުވަން ކަމަށެވެ.

އޭނާ ބުނީ އަމިއްލަ ރެސްޓޯރަންޓެއް ހުޅުވުމަކީ އޭނާގެ ދަރިންގެ ގާތު އަބަދު ދައްކާ ވާހަކައެއް ކަމަށާއި އެ ރެސްޓޯރަންޓް ހަދަން ބޭނުންވަނީ މިޝެލިން ސްޓާ މީޓް ރެސްޓޯރަންޓަކަށް ކަމަށެވެ. މިޝެލިން ސްޓާއަކީ ކާތަކެތީގެ ހިދުމަތް ފޯރުކޮށްދޭ ތަންތަން ރިވިއުކުރާ މިޝެލިން އިން ހޮވާ އެންމެ މޮޅު އަދި އެންމެ ފެންވަރުގެ ރެސްޓޯރަންޓްތަކަށް ދޭ ޝަރަފެކެވެ.

މާކް އަކީ ކާއެއްޗިއްސަށް އަބަދުވެސް ޝައުގުވެރިކަން ހުންނަ އަދި ކެއުމަށް ލޯބިކުރާ މީހެކެވެ.

މާކް ބުނީ އޭނާގެ އަމިއްލަ ރެސްޓޯރަންޓެއްގައި ހަދާ ބީފް އަކީ ދުނިޔޭގައިވެސް ހަދާ އެންމެ ކޮލިޓީ ބީފްއަށް ހެދުމަށް ބޭނުންވާ ކަމަށާއި އެކަން ހާސިލްކުރުމަށް އޭނާ ވަކި ކަންތައްތަކެއް ރާވާފައިވާ ކަމަށެވެ.

އެގޮތުން އޭނާ ބޭނުންވަނީ ކޮމާޝަލް ރޭންޗިން އޮޕަރޭޝަންތަކުން ނުލިބޭ ފެންވަރުގެ ކާއެއްޗެހި އޭނާ ހަދާ ރެސްޓޯރަންޓަކުން ލިބުން ކަމަށެވެ.

ރެސްޓޯރަންޓެއް ހުޅުވުމަށް މާކް އަދި ވަކި ހާއްސަ މަސައްކަތްތަކެއް ކޮށްފައި ނުވި ނަމަވެސް އޭނާ ބުނީ ދަނޑުވެރިކަމުން ކުރިއަރާ، ޓެކް ދާއިރާގެ ބޭރުން ފާހަގަކޮށްލެވޭ މޮޅު ކަމެއް ކުރުމަކީ އޭނާ ވަރަށް ބޭނުންވާ ކަމެއް ކަމަށެވެ.