މިލިއުން ޝެއަރ ކުރައްވާ

ފެން ބިލްތަކުގެ ޖޫރިމަނާ މައާފުކުރުމުގެ އިތުރު ޕްރޮގްރާމެއް

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ބަޖެޓް ޑެފިސިޓް 950 މިލިއަން ރުފިޔާއަށް ކުޑަވެއްޖެ

ކަޅުބާޒާރުގައި ޑޮލަރުގެ އަގު ބާވީހުން މަތީގައި

އެމް.އައި.ބީގެ މާލީ ހާލަތު އިތުރަށް ވަރުގަދަވެ، ދެވަނަ ކުއާޓަރުގައި ބޮޑު ކުރިއެރުމެއް ހޯދައިފި

ކްރޫޒް ލައިނާތަކުން އައި ޓޫރިސްޓުންގެ އަދަދު ދެ ގުނަ މައްޗަށް

މާލޭ ވޯޓާ އެެންޑް ސްވަރޭޖް ކަމްޕެނީ (އެމްޑަބްލިޔުއެސްސީ) ގެ ކަސްޓަމަރުންނަށް ފެން ބިލްތަކަށް ފައިސާ ދެއްކުމަށް ލުއިފަސޭހަ މަގެއް ފަހިކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ގޭބިސީތަކާއި ވިޔަފާރިތަކުގެ ފެން ބިލް ނުދެއްކި ގިނަދުވަސް ވެގެން އަރާފައިވާ ޖޫރިމަނާ ފައިސާ މައާފުކޮށް ދިނުމުގެ އިތުރު ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.

މި ޕްރޮގްރާމްގައި އެމްޑަބްލިޔުއެސްސީގެ ޑޮމެސްޓިކް ކަސްޓަމަރުންނާއި ކޮމާޝަލް ޓެރިފް ކަސްޓަމަރުންގެ ބިލްތަކަށް ޑިސެމްބަރު 31، 2024 ގެ ނިޔަލަށް އަރާފައިވާ ޖޫރިމަނާ މައާފްކޮށްދެވޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
އެމްޑަބްލިޔުއެސްސީ އިން ބުނި ގޮތުގައި ޖޫރިމަނާ މައާފްކޮށްދެވޭނީ އެ މުއްދަތުގެ ޖޫރިމަނާ ނިސްބަތްވާ ބިލްތަކަށް ދައްކަވަންޖެހޭ ޖުމްލަ ފައިސާ މިމަހުން ފެށިގެން މި އަހަރުގެ ނިޔަލަށް އެއްކޮށް ދައްކާ ހަލާސްކުރާ ކަސްޓަމަރުންނަށެވެ.
މީގެއިތުރުން، އެއްބަސްވުމެއްގެ ދަށުން އެ ބިލްތަކަށް މަހުން މަހަށް ބަހާލައިގެން ފައިސާ ދައްކާ ހަލާސްކުރުމަށް އެދޭ ކަސްޓަމަރުންނަށް އެ އިންތިޒާމް ހަމަޖައްސައިދެވޭނެ ކަމަށްވެސް އެމްޑަބްލިޔުއެސްސީ އިން ބުނެފައިވެ އެވެ.
އެމްޑަބްލިޔުއެސްސީ އިން ބުނި ގޮތުގައި މަހުން މަހަށް ބަހާލައިގެން ފައިސާ ދައްކާ ކަސްޓަމަރުންނަށް ޖޫރިމަނާ މައާފްކޮށްދެވޭނީ އެއްބަސްވުމާއި އެއްގޮތަށް ފައިސާ ދައްކާ ހަލާސްކުރުމުންނެވެ.
މިކަމުގައި އެހީތެރިކަން ބޭނުންވާނަމަ ނުވަތަ އިތުރު މައުލޫމާތު އެމްޑަބްލިޔުއެސްސީގެ ކަސްޓަމާ ކެއާ ސެންޓަރުގެ ހޮޓްލައިން 105 އަށް ގުޅުއްވުމުން ނުވަތަ 1050 އަށް އެސްއެމްއެސް ކުރުމުން ނުވަތަ mail@mwsc.com.mv އަށް އީ-މެއިލްކުރެއްވުމުން ލިބޭނެ ކަމަށް އެމްޑަބްލިޔުއެސްސީ އިން ބުނެފައިވެ އެވެ.
“ވީމާ ނުދެއްކި ގިނަދުވަސް ވެގެން ޖޫރިމަނާ އަރާފައިވާ ބިލްތަކަށް ފައިސާ ދައްކަވައި ހާލާސް ކުރެއްވުމަށް މި ފުރުސަތުގެ ބޭނުން ހިއްޕެވުމަށާއި ގަވައިދުން ބިލްތަކަށް ފައިސާ ދައްކަވަމުން ގެންދެވުމަށް ހުރިހާ ކަސްޓަމަރުންނަށް އިލްތިމާސްކުރަމެވެ.” އެމްޑަބްލިއުއެސްސީގެ ބަޔާނުގައިވެ އެވެ.