މިލިއުން ޝެއަރ ކުރައްވާ

ފޮކްސް އިން 22 ބިލިއަން ޑޮލަރަށް ރޮކޫ ގަންނަން ނިންމައިފި.

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

އާޓިފިޝަލް އިންޓެލިޖެންސްގެ އިންގިލާބީ ކުރިއެރުންތަކާއެކު ދުނިޔޭގެ މަސައްކަތުގެ މާހައުލަށް ބޮޑެތި ބަދަލުތަކެއް އަންނަނީ

އެމް.އައި.ބީގެ މާލީ ހާލަތު އިތުރަށް ވަރުގަދަވެ، ދެވަނަ ކުއާޓަރުގައި ބޮޑު ކުރިއެރުމެއް ހޯދައިފި

ކްރޫޒް ލައިނާތަކުން އައި ޓޫރިސްޓުންގެ އަދަދު ދެ ގުނަ މައްޗަށް

ސްޓްރައިޕް އާއި އެޑްވެންޓުން ޕޭޕަލް ގަންނަން ހުށަހެޅި 53 ބިލިއަން ޑޮލަރުގެ ބިޑާއެކު ފިންޓެކް ދާއިރާ ހަލަބޮލިވެއްޖެ

ބައިނަލްއަގުވާމީ ސްޓްރީމިންގް ބާޒާރުގެ ވާދަވެރިކަން މުޅިން އާ ހިސާބަކަށް އުފުލިގެންދިޔައީ ފޮކްސް ކޯޕަރޭޝަނުން ރޮކޫ ކުންފުނި 22 ބިލިއަން ޑޮލަރުގެ ބޮޑު މުއާމަލާތަކުން ބައްލަވައިގަތުމަށް ނިންމާފައިވާކަން ރަސްމީކޮށް އިއުލާނުކުރުމާ ގުޅިގެންނެވެ. ފޮކްސްއިން ރޮކޫގެ ހިއްސާއެއް ބައްލަވައިގަންނަނީ 160 ޑޮލަރުގެ ރޭޓުން ކަމަށްވާއިރު، މިއީ ނަގުދު ފައިސާއާއި ހިއްސާ ބަދަލުކުރާ ގޮތަށް ހަމަޖެހިފައިވާ މުއާމަލާތެކެވެ. މި ވިޔަފާރީގެ ފަހަތުގައިވާ އަސްލު ބޭނުމަކީ، ފާއިތުވި އަހަރުތަކުގައި ފޮކްސްއިން އެމީހުންގެ މަޝްހޫރު ފިލްމު ސްޓޫޑިއޯތަކާއި ބައެއް ކޭބަލް ޗެނަލްތައް ޑިޒްނީއަށް ވިއްކާލުމަށްފަހު، ޓީވީ ބެލުންތެރިން ކޭބަލް ކަނޑާލާ ސްޓްރީމިންގްއަށް ބަދަލުވަމުންދާތީ އެ މާކެޓް ހޯދުމެވެ. މި ވަރުގަދަ ފިޔަވަޅުގެ ސަބަބުން ފޮކްސްއަށް އެމެރިކާގެ 100 މިލިއަނަށްވުރެ ގިނަ ގްލޯބަލް ހައުސްހޯލްޑްސްގެ ބާޒާރަށް ސިދާވެޮލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މީގެ އިތުރުން ރޮކޫގެ ދަށުގައި އޮތް ފުޅާ އެޑްވަަޓައިޒިންގް ނެޓްވޯކާއި ޑިޖިޓަލް އިޝްތިހާރުގެ ޕްލެޓްފޯމް ފޮކްސްގެ ބާރުގެ ދަށަށް ދިއުމަކީ އެ ކުންފުނީގެ އާމްދަނީ އެތައް ގުނައެއް މަތިވެގެންދާނެ ކަމެކެވެ. މިއީ ސްޓްރީމިންގް ހަނގުރާމައިގައި އެހެން ވާދަވެރިން ފަހަތަށް ޖައްސާލުމަށްޓަކައި ފޮކްސްގެ ސީއީއޯ ލެކްލަން މާޑޮކް އެޅި އެންމެ ވަރުގަދަ އެއް ފިޔަވަޅެވެ.

މި ބޮޑު ބަދަލާ އެކުއެކީގައި ކަހަލަ ގޮތަކަށް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުގެ އެންޓިޓްރަސްޓް ޑިވިޜަނުން ވަނީ ޕެރަމައުންޓް އާއި ވޯނާ ބްރަދާސް ޑިސްކަވަރީ އެއްކޮށްލުމަށް ހުށަހަޅާފައިވާ 111 ބިލިއަން ޑޮލަރުގެ ބޮޑު މާޖާ ކުރިއަށް ގެންދިއުމުގެ ގާނޫނީ ހުއްދަ ރަސްމީކޮށް ދީފައެވެ. މި މަޝްވަރާތައް ފެބްރުއަރީ މަހުން ފެށިގެން ކުރިއަށްދިޔައިރު، ނެޓްފްލިކްސްއިން ވޯނާ ބްރަދާސް ގަންނަން ކުރި މަސައްކަތް ނާކާމިޔާބުވުމުން ޕެރަމައުންޓަށް މި ފުރުސަތު ހުޅުވިގެންދިޔައީއެވެ. ޖަސްޓިސް ޑިޕާޓްމަންޓުން އަށް މަސް ދުވަހުގެ ތެރޭގައި ދެ މިލިއަނަށްވުރެ ގިނަ ލިޔެކިޔުންތައް ބަލައި ހެދި ތަހުގީގަށްފަހު ނިންމީ، މި ގުޅުމުގެ ސަބަބުން ކޮންސިއުމަރުންނަށް ގެއްލުމެއް ނުވާނެ ކަމަށާއި، ބަދަލުގައި މާކެޓުގައި ބޮޑެތި ވާދަވެރިންނާ ކުރިމަތިލާނެ ވަރުގަދަ ކުންފުންޏެއް އުފެދޭނެ ކަމަށެވެ. މީގެ ސަބަބުން އެޗްބީއޯ މެކްސް އާއި ޕެރަމައުންޓް ޕްލަސް ފަދަ ދުނިޔޭގެ މަގުބޫލު ސްޓްރީމިންގް ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށަށް އެއްވެ، ޖުމްލަ 200 މިލިއަނާ ގާތްކުރާ ސަބްސްކްރައިބަރުންގެ ބޮޑު ބޭސްއެއް އުފެދިގެންދާނެއެވެ. މި އާ ގުޅުމާ އެކު އުފެދޭ ބިޔަ ކުންފުންޏަށް ނެޓްފްލިކްސް އަދި ޑިޒްނީ ފަދަ މި ސިނާއަތުގެ އެންމެ ކުރީގައި އުޅޭ ކުންފުނިތަކާ އެއް ހަމައެއްގައި ވާދަކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.