މިލިއުން ޝެއަރ ކުރައްވާ

ދެވަނަ ފަހަރަށް އިންވެސްޓަރުންނަށް 3.4 މިލިއަން ރުފިޔާ ބަހައިފި

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ބީއެމްއެލްގެ 1000 ޑޮލަރު ލިބޭ ޕްރޮމޯޝަން

އިންކަމް ޓެކްސްއިން ލިބުނު އާމްދަނީއަށް ބޮޑު ކުރިއެރުމެއް

ބާޒާރުގައި ހުރި ކާބޯތަކެތި އާ ގަވާއިދަށް ފެއްތުމަށް އެމްއެފްޑީއޭ އިން މުހުލަތެއް ދީފި

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ހިދުމަތަށް ހުޅުވާލުން

އައިކެއާއިން އެ ކުންފުނީގެ ސުކޫކްގައި އިންވެސްޓުކުރި ފަރާތްތަކަށް ދެވަނަ ފަހަރަށް ފައިދާގެ ގޮތުގައި 3.4 މިލިއަން ރުފިޔާ ބަހައިފި އެވެ.

އެ ކުންފުނިން މިދިޔަ ސެޕްޓެމްބަރު މަހު ސްކޫކްގައި އިންވެސްޓްކުރި ފަރާތްތަކަށް ފުރަތަމަ ޕޭމަންޓުގެ ގޮތުގައި ވެސް 3.4 މިލިއަން ރުފިޔާ ވަނީ ދީފަ އެވެ.

އެއީ އައިކެއާ ސެންޓަރުގެ ނަމުގައި ހުޅުމާލޭގެ ލޮލުގެ ފަރުވާއަށް ހާއްސަ ހޮސްޕިޓަލެއް ހެދުމަށް ބޭނުންވާ ފައިސާ ހޯދުމުގެ ގޮތުން އެ ކުންފުނިން ވިއްކި ސުކޫކެވެ. ލޮލުގެ ފަރުވާ އަށް ހާއްސަ ކޮށްގެން ރާއްޖޭގައި ހިންގާ ހަމައެކަނި އެ ހޮސްޕިޓަލުން ވަނީ 30 މިލިއަން ރުފިޔާގެ ސުކޫކެއް ވިއްކައިފަ އެވެ.

އެ ސުކޫކްގެ އިންވެސްޓަރުންނަށް ފައިދާ ބަހަނީ ސުކޫކްގެ މުއްދަތު ކަމަށްވާ ފަސް އަހަރުގެ ތެރޭގައި ކޮންމެ އަހަރަކު 8 ޕަސެންޓުގެ ރޭޓުންނެވެ.

އެ ސުކޫކްގެ ލީޑް އެރޭންޖަރަކީ ފަސްޓް ނޭޝަނަލް އެވެ. ފަސްޓް ނޭޝަނަލް ލީޑް އެރޭންޖަރެއްގެ ގޮތުގައި އަމިއްލަ ކުންފުނިތަކަށް ބޭނުންވާ ފައިސާ ހޯދުމަށް، ބޮންޑާއި ސުކޫކު އަންނަނީ ވިއްކަމުންނެވެ. ފަސްޓް ނޭޝަނަލް މެދުވެރިކޮށް އެމްޕީއެލް އާއި ޔޫރޯ މާކެޓުން ވެސް ބޮންޑެއް އިޝޫ ކޮށްފައިވެ އެވެ.