މިލިއުން ޝެއަރ ކުރައްވާ

“” ތަކެތި ހަދިޔާކުރުމަށް އެޗްޑީސީން ކެމްޕެއިނެއް

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ބަޖެޓް ޑެފިސިޓް 950 މިލިއަން ރުފިޔާއަށް ކުޑަވެއްޖެ

ކަޅުބާޒާރުގައި ޑޮލަރުގެ އަގު ބާވީހުން މަތީގައި

އެމް.އައި.ބީގެ މާލީ ހާލަތު އިތުރަށް ވަރުގަދަވެ، ދެވަނަ ކުއާޓަރުގައި ބޮޑު ކުރިއެރުމެއް ހޯދައިފި

ކްރޫޒް ލައިނާތަކުން އައި ޓޫރިސްޓުންގެ އަދަދު ދެ ގުނަ މައްޗަށް

ރޯދަމަހާ ދިމާކޮށް އެޗްޑީސީން “އެއްގެއިން އަނެއްގެއަށް” ނަމުގައި އައު ކެމްޕެއިނެއް ތަޢާރަފުކޮށްފިއެވެ. މި ކެމްޕެއިނުގެ މައިގަނޑު މަޤްޞަދަކީ ގޭބިސީތަކުން އުކާލާ ތަކެތީގެ ތެރެއިން، އަދިވެސް ބޭނުންކުރެވޭފަދަ ހާލަތުގައި ހުރި ތަކެތި އެހެން ފަރާތްތަކަށް ހަދިޔާކުރުމެވެ.

އެޗްޑީސީން ފާހަގަކުރިގޮތުގައި، ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން ގޭތެރެ ސާފުކޮށް އާބާތުރަ ފިލުވުމަކީ ދިވެހިންގެ އާދައެކެވެ. މި މުނާސަބަތުގައި އުކާލެވޭ ތަކެތީގެ ތެރޭގައި އަދިވެސް ބޭނުންކުރެވޭނެ ގިނަ ތަކެތި ހިމެނެއެވެ. މި ކެމްޕެއިނުގެ ދަށުން، އެއް ގެއަކުން ބޭނުން ނުވާ ނަމަވެސް ރަނގަޅު ހާލަތުގައި ހުރި ތަކެތި ނަގައި، އެ ތަކެއްޗަށް ބޭނުންޖެހިފައިވާ އެހެން ފަރާތްތަކަށް ފޯރުކޮށްދެވޭނެއެވެ.

މި ޕްރޮގްރާމުގައި ހުޅުމާލޭގެ ހުރިހާ ގޭބިސީއަކަށްވެސް ބައިވެރިވެވޭނެއެވެ. ޕްރޮގްރާމުގެ އަމާޒަކީ ޚާއްޞަކޮށް ބޭނުންކޮށްފައިވާ ނަމަވެސް އަދިވެސް ބޭނުންކުރެވޭ ހާލަތުގައި ހުރި ފަރުނީޗަރާއި އިލެކްޓްރޯނިކް ސާމާނު ފަދަ ތަކެތި ހޯދައިދިނުމެވެ.

މި ޕްރޮގްރާމު ކުރިއަށްދާނީ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުއްދަތުގެ ތެރޭގައި ގޭގެއިން ތަކެތި ނަގައި، އެ ތަކެތި ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދެވޭނެއެވެ. މުއްދަތު ހަމަވުމަށްފަހު ބާކީވާ ތަކެތި ދޫކުރެވޭނީ ޙާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށެވެ.

މި ޕްރޮގްރާމުގެ މަޤްޞަދުތަކުގެ ތެރޭގައި ރޯދަމަހުގެ ރޫޙާ އެއްގޮތަށް އެކަކު އަނެކަކަށް އެހީތެރިވުމާއި، ތިމާވެށްޓަށް ފައިދާހުރި ގޮތެއްގައި ކުނި މަދުކުރުމާއި، އަދި ތަކެތި އަލުން ބޭނުންކުރުމުގެ ސަޤާފަތް އާލާކުރުން ހިމެނެއެވެ.

ޕްރޮގްރާމުގައި ބައިވެރިވުމަށް ނުވަތަ އިތުރު މަޢުލޫމާތު ހޯދުމަށް އެޗްޑީސީގެ ހޮޓްލައިން ނަންބަރު 7412111 އަށް ގުޅުއްވުން އެދެވިގެންވެއެވެ. ކޯލް ސެންޓަރުގެ ޚިދުމަތް ލިބޭނެ ގަޑިތަކާއި ތަކެތި ދޫކުރާނެ ގަޑިތައް ވަކިން ކަނޑައެޅިފައިވާކަން ފާހަގަކޮށްލަމެވެ.