މިލިއުން ޝެއަރ ކުރައްވާ

ތިންމަސްތެރޭގައި 30މިލިއަން ޑޮލަރު ސޮވަރިންގ ފަންޑަށް ޖަމާކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ވިދާޅުވެއްޖެ

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ބަޖެޓް ޑެފިސިޓް 950 މިލިއަން ރުފިޔާއަށް ކުޑަވެއްޖެ

ކަޅުބާޒާރުގައި ޑޮލަރުގެ އަގު ބާވީހުން މަތީގައި

އެމް.އައި.ބީގެ މާލީ ހާލަތު އިތުރަށް ވަރުގަދަވެ، ދެވަނަ ކުއާޓަރުގައި ބޮޑު ކުރިއެރުމެއް ހޯދައިފި

ކްރޫޒް ލައިނާތަކުން އައި ޓޫރިސްޓުންގެ އަދަދު ދެ ގުނަ މައްޗަށް

ރާއްޖޭގެ އުތުރަށް ރައީސް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ހއ.ކެލާ ރައްޔިތުންނާ ބައްދަލުކުރެްވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ވިޔަފާރިއާއި އިޤތިސާދާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ މިދިޔަ ތިންމަސް ދުވަހުެ ތެރޭގައި އެސްޑީއެފް އަށް 462 މިލިއަް ރުފިޔާ ނުވަތަ 30 މިލިއަން ޑޮލަރު ޖޖަމާކުެވިފައިވާނެކަމަށެވެ. އަދި ކުރީ ސަރުކާރު ނިމުުނު އިރުމިފަންޑުގައި ހުރީ 2.4 މިލިއަން ރުފިޔާ ނުވަތަ ޑޮލަރުންބަލާނަމަ 2 މިލިއަން ޑޮލަރު ކަމަށްވެސް ވިދާޅުވިއެވެ.

ފަްޑުގައި ހުރި ފައިސާ އެހާ ބޮޑުތަނުން ކުރީސަރުކާރުގައި ދަށްވެގެންދިޔައީ ކުރީސަރުކާރުން އެފަންޑްގައި ހުރި 400 މިލިއަން ޑޮލަރު މާރުކޮށް ހުސްކުރުމުންކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މިފަންޑަކީ ކުރީގެ ރައީށް ޔަމީން ވެރިކަމުގައި ދައުލަތުގެ ދަރަނި އަދާކުރުމަށް އުފެއްދި ފަންޑެކެވެ. އަދި އޭރުވެސް އކޮނޮމިކް މިނިސްޓަރަކަށް ހުންނެވި މިހާރުގެ ވަޒީރެވެ.

ވަޒީރު އިތުރަށް ހާމަކުރެއްވި ގޮތުގައި މިދާރޭޓުން ފަންޑު ކުރިއަރަމުންދާނަމަ މިއަހަރު ނިމޭއިރުފަންޑުގައި 130 މިލިއަން ހުންނާނެއެވެ.