މިލިއުން ޝެއަރ ކުރައްވާ

ޑޮލަރުގެ އަގު އުފުލިއްޖެ

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ބަޖެޓް ޑެފިސިޓް 950 މިލިއަން ރުފިޔާއަށް ކުޑަވެއްޖެ

ކަޅުބާޒާރުގައި ޑޮލަރުގެ އަގު ބާވީހުން މަތީގައި

އެމް.އައި.ބީގެ މާލީ ހާލަތު އިތުރަށް ވަރުގަދަވެ، ދެވަނަ ކުއާޓަރުގައި ބޮޑު ކުރިއެރުމެއް ހޯދައިފި

ކްރޫޒް ލައިނާތަކުން އައި ޓޫރިސްޓުންގެ އަދަދު ދެ ގުނަ މައްޗަށް

ކަޅުބާޒާރުގައި ޑޮލަރުގެ އަގު އުފުލިއްޖެ އެވެ.

ޑޮލަރުގެ ވިޔަފާރިކުރާ މީހަކު އަވަސްއަށް ބުނި ގޮތުގައި ޑޮލަރުގެ އަގު މިހާރު ހުރީ 19.30ރ ގަ އެވެ.
އޭނާ ބުނި ގޮތުގައި މީގެ ހަފުތާއެއް ކުރިން ޑޮލަރުގެ އަގު ހުރީ 19.25ރ. ގަ އެވެ.
ޑޮލަރުގެ އަގު އުފުލުނުއިރު މީގެ ކުރިންވެސް ހައްޖު މޫސުމާ ދިމާކޮށް ޑޮލަރުގެ އަގަށް ބަދަލު އާދެ އެވެ.
ރާއްޖެއިން މި އަހަރު ހައްޖަށްދާ މީހުންނަށް ބޭންކުގެ ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމުގައި ފަސޭހަ އިންތިޒާމު ހަމަޖައްސައިދިނުމުގެ ގޮތުން، ކޮންމެ ހައްޖުވެރިއެއްގެ ބީއެމްއެލް ޑެބިޓް ކާޑަށް، މިހާރު އޮންނަ ޑޮލަރުގެ ލިމިޓުގެ އިތުރުން 1،750 އެމެރިކާ ޑޮލަރުގެ ލިމިޓެއް ހަމަޖައްސާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
ޑޮލަރު ކާޑުގެ ލިމިޓްގެ އިތުރުން ހުރިހާ ހައްޖުވެރިންނަށް މިހާރެކޭ އެއްގޮތަށް 500 ޑޮލަރު ބޭންކުން ވިއްކާނެ ކަމަށްވެސް ބީއެމްއެލް އިން ބުނެފައިވެ އެވެ.
ޑޮލަރުގެ އަގު އުފުލިފައި މިވަނީ ބޭންކްތަކަށް މާރުކުރާ ޑޮލަރުގެ 90 ޕަސަންޓް މަރުކަޒީ ބޭންކް — އެމްއެމްއޭއަށް ނަގާ ގޮތަށް ހަމަޖައްސައި އެކަން އެމްއެމްއޭ އިން ވަނީ ބޭންކްތަކަށް އަންގާފައި ވަނިކޮށެވެ.