މިލިއުން ޝެއަރ ކުރައްވާ

ޕީއެސްއެމް އަދި ފެނަކަ އަށް ފައިދާވެއްޖެ

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ބީއެމްއެލްގެ 1000 ޑޮލަރު ލިބޭ ޕްރޮމޯޝަން

އިންކަމް ޓެކްސްއިން ލިބުނު އާމްދަނީއަށް ބޮޑު ކުރިއެރުމެއް

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ހިދުމަތަށް ހުޅުވާލުން

ނިޒާމު ސާފުކުރުމުގެ ބާރު އޮތީ ސިވިލް ސާވަންޓުންގެ އަތްމަތީގައި

ދައުލަތުގެ ކުންފުނިތަކުގެ މާލީ ޙާލަތަށް އައިސްފައިވާ އެދެވޭ ބަދަލުތައް ފާހަގަކޮށް، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މަޢުލޫމާތު ހާމަކޮށްފިއެވެ. މި ގޮތުން، ކުރިން އެންމެ ބޮޑަށް ގެއްލުންވަމުންދިޔަ ފެނަކަ ކޯޕަރޭޝަނާއި ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އަށް ފައިދާ ލިބެމުންދާކަން ފާހަގަކުރެވެއެވެ.

މި ކުރިއެރުމަކީ މިހާރުގެ ސަރުކާރުން ގެނެސްފައިވާ ބަދަލުތަކާއި އަޅާފައިވާ ފިޔަވަޅުތަކުގެ ނަތީޖާއެއްކަމަށް ޕީސީބީން ބަޔާންކޮށްފައިވެއެވެ.

ފެނަކަ ކޯޕަރޭޝަނަށް މިދިޔަ އަހަރުގެ ފުރަތަމަ ދެ ކުއާޓަރުގައި ޖުމުލަ 11 މިލިއަން ރުފިޔާގެ ފައިދާ ލިބިފައިވާކަން ފާހަގަކުރެވެއެވެ. މީގެ ތެރޭގައި ފުރަތަމަ ކުއާޓަރުގައި 4 މިލިއަން ރުފިޔާ އަދި ދެވަނަ ކުއާޓަރުގައި 7 މިލިއަން ރުފިޔާގެ ފައިދާ ހިމެނެއެވެ. މިއީ ކުރީގެ ސަރުކާރުގައި ހިންގުމުގެ އިހުމާލުތަކާއި ކޮރަޕްޝަންގެ ސަބަބުން 4 ބިލިއަން ރުފިޔާއާ ގާތްކުރާ ދަރަންޏެއް އޮތް ކުންފުންޏަކަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.

ހަމައެހެންމެ، ޕީއެސްއެމްއަށްވެސް ފާއިތުވި އަހަރުގެ ދެވަނަ ކުއާޓަރުގައި 27 މިލިއަން ރުފިޔާގެ ސާފު ފައިދާ ލިބިފައިވާކަން ފާހަގަކުރެވެއެވެ. މިއީ އޭގެ ކުރީގެ ކުއާޓަރުތަކާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ވަޢުދުތަކުގެ ތެރޭގައި ހިމެނޭ، ދައުލަތުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ފައިދާ ލިބޭ ކުންފުނިތަކަކަށް ހެދުމުގެ މަސައްކަތް ކާމިޔާބުކަމާއެކު ކުރިއަށްދާކަން މި ނަތީޖާތަކުން ދައްކުވައިދެއެވެ.