މިލިއުން ޝެއަރ ކުރައްވާ

ޖީއެސްޓީ ނުދައްކާ ވިޔަފާރިތަކުގެ ނަންތައް އާންމުކޮށްފި

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ބަޖެޓް ޑެފިސިޓް 950 މިލިއަން ރުފިޔާއަށް ކުޑަވެއްޖެ

ކަޅުބާޒާރުގައި ޑޮލަރުގެ އަގު ބާވީހުން މަތީގައި

އެމް.އައި.ބީގެ މާލީ ހާލަތު އިތުރަށް ވަރުގަދަވެ، ދެވަނަ ކުއާޓަރުގައި ބޮޑު ކުރިއެރުމެއް ހޯދައިފި

ކްރޫޒް ލައިނާތަކުން އައި ޓޫރިސްޓުންގެ އަދަދު ދެ ގުނަ މައްޗަށް

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ޖީއެސްޓީ ނުދައްކާ ވިޔަފާރިތަކުގެ ނަންތައް އާންމުކޮށްފި އެވެ.

މީރާއިން އާންމުކުރި ލިސްޓުގައި ހިމެނެނީ މިދިޔަ އަހަރުގެ ނޮވެމްބަރުގެ ނިޔަލަށް 600،000 ރުފިޔާއަށްވުރެ އިތުރަށް ޓެކްސް ދައްކަންޖެހި ނުދައްކާ ވިޔަފާރިތަކެވެ.
މި ލިސްޓުގައި 146 ފަރާތެއްގެ ނަން ހިމެނެ އެވެ.
މި ވިޔަފާރިތަކުން ދައްކަންޖެހޭ ޓެކުހުގެ ޖުމްލަ އަދަދެއް މީރާއިން ހާމައެއް ނުކުރެ އެވެ.
މީރާއަށް ޓެކްސް އަދި ޓެކްސް ބަޔާން ހުށަނާޅާ ވިޔަފާރިތަކުގެ ނަންތައް މީގެ ކުރިންވެސް އާންމުކޮށްފައިވެ އެވެ.
މި ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ފައިސާ ދައްކާ ހަލާސްކުރުމުން، ލިސްޓުން އެ ފަރާތެއްގެ ނަން އުނިކުރެ އެވެ.