މިލިއުން ޝެއަރ ކުރައްވާ

ޗައިނާ-ރާއްޖެ އެފްޓީއޭގެ ދަށުން ސިނގިރޭޓް އެތެރެ ނުކުރެވޭނެ

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ބޭންކް އިންކަމް ޓެކްސް އާމްދަނީ ބޮޑުތަނުން އިތުރުވެއްޖެ

މޯލްޑިވްސް ފުޑް ކާނިވަލްގެ ޕްރިމިއަމް ސްޕޮންސަރަކަށް ދިރާގު

މެދުއިރުމަތީގެ ހަނގުރާމައެއްގެ ބިރާ އެކު ޑޮލަރުގެ އަގު އުފުލެނީ!

އާ ޓާމިނަލް ޖުލައި 26 ގައި ހުޅުވުމުގެ ކައުންޓްޑައުންއެއް ފަށައިފި

ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރި އެއްބަސްވުން — ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) ގެ ދަށުން ޑިއުޓީ ނުދައްކައި ސިނގިރޭޓާއި ދުންފަތް ރާއްޖެ އެތެރެ ނުކުރެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ލިޔުމުން ޖަވާބު ހޯދުމަށް ކުރެއްވި ސުވާލުތަކަކަށް ލިޔުމުން ދެއްވި ޖަވާބުގައި މިނިސްޓަރު ސައީދު ވިދާޅުވީ ރާއްޖޭން ޗައިނާއާއެކު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ދުންފަތުގެ ބާވަތްތަކުން ޑިއުޓީ އިނާޔަތް ދިނުމުން އިސްތިސްނާކޮށްފައިވާ ކަމަށެވެ.
“އެއްބަސްވުމުގެ ދަށުން ސިނގިރޭޓުން ޑިއުޓީ ނަގާނީ ދިވެހިރާއްޖެއަށް އެހެން ގައުމުތަކުން އެތެރެކުރާ ސިނގިރޭޓަށްވެސް ޑިއުޓީ ނަގާ ރޭޓުން،” ސައީދު ވިދާޅުވި އެވެ.
ޗައިނާ-ރާއްޖެ އެފްޓީއޭއަށް އަމަލުކުރަން ފެށީ މި އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.
އެފްޓީއޭއަށް އަމަލުކުރަން ފެށިފަހުން މި އަހަރުގެ ޖެނުއަރީ މަހު އިމްޕޯޓް ޑިއުޓީ އިން ދައުލަތަށް ލިބުނު އާމްދަނީ ދަށްވެފައިވާއިރު އެ އާމްދަނީ ދަށްވީ ޗައިނާ-ރާއްޖެ އެފްޓީއޭގެ ސަބަބުން ނޫން ކަމަށް މިނިސްޓަރު ސައީދު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.