މިލިއުން ޝެއަރ ކުރައްވާ

ޗައިނާ-ރާއްޖެ އެފްޓީއޭގެ ދަށުން ސިނގިރޭޓް އެތެރެ ނުކުރެވޭނެ

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ބަޖެޓް ޑެފިސިޓް 950 މިލިއަން ރުފިޔާއަށް ކުޑަވެއްޖެ

ކަޅުބާޒާރުގައި ޑޮލަރުގެ އަގު ބާވީހުން މަތީގައި

އެމް.އައި.ބީގެ މާލީ ހާލަތު އިތުރަށް ވަރުގަދަވެ، ދެވަނަ ކުއާޓަރުގައި ބޮޑު ކުރިއެރުމެއް ހޯދައިފި

ކްރޫޒް ލައިނާތަކުން އައި ޓޫރިސްޓުންގެ އަދަދު ދެ ގުނަ މައްޗަށް

ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރި އެއްބަސްވުން — ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) ގެ ދަށުން ޑިއުޓީ ނުދައްކައި ސިނގިރޭޓާއި ދުންފަތް ރާއްޖެ އެތެރެ ނުކުރެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ލިޔުމުން ޖަވާބު ހޯދުމަށް ކުރެއްވި ސުވާލުތަކަކަށް ލިޔުމުން ދެއްވި ޖަވާބުގައި މިނިސްޓަރު ސައީދު ވިދާޅުވީ ރާއްޖޭން ޗައިނާއާއެކު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ދުންފަތުގެ ބާވަތްތަކުން ޑިއުޓީ އިނާޔަތް ދިނުމުން އިސްތިސްނާކޮށްފައިވާ ކަމަށެވެ.
“އެއްބަސްވުމުގެ ދަށުން ސިނގިރޭޓުން ޑިއުޓީ ނަގާނީ ދިވެހިރާއްޖެއަށް އެހެން ގައުމުތަކުން އެތެރެކުރާ ސިނގިރޭޓަށްވެސް ޑިއުޓީ ނަގާ ރޭޓުން،” ސައީދު ވިދާޅުވި އެވެ.
ޗައިނާ-ރާއްޖެ އެފްޓީއޭއަށް އަމަލުކުރަން ފެށީ މި އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.
އެފްޓީއޭއަށް އަމަލުކުރަން ފެށިފަހުން މި އަހަރުގެ ޖެނުއަރީ މަހު އިމްޕޯޓް ޑިއުޓީ އިން ދައުލަތަށް ލިބުނު އާމްދަނީ ދަށްވެފައިވާއިރު އެ އާމްދަނީ ދަށްވީ ޗައިނާ-ރާއްޖެ އެފްޓީއޭގެ ސަބަބުން ނޫން ކަމަށް މިނިސްޓަރު ސައީދު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.