މިލިއުން ޝެއަރ ކުރައްވާ

ސްކޫލަށް ކުދިން ފޮނުވަން ދަތިވާ އާއިލާތަކަށް ބީއެމްއެލްއިން އެއް ލައްކަ ރުފިޔާ ހަދިޔާކޮށްފި

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

އެމް.އައި.ބީގެ މާލީ ހާލަތު އިތުރަށް ވަރުގަދަވެ، ދެވަނަ ކުއާޓަރުގައި ބޮޑު ކުރިއެރުމެއް ހޯދައިފި

ސްޓްރައިޕް އާއި އެޑްވެންޓުން ޕޭޕަލް ގަންނަން ހުށަހެޅި 53 ބިލިއަން ޑޮލަރުގެ ބިޑާއެކު ފިންޓެކް ދާއިރާ ހަލަބޮލިވެއްޖެ

ބޭންކް އޮފް މޯލްޑިވްސްއިން ޓީޓީ ޕްރޮސެސްކުރުން ލަސްވުމުގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް

ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުޅިން އަލަށް ހަތް ބްރާންޗެއް ހުޅުވައިފި

ސްކޫލަށް ކުދިން ފޮނުވަން ދަތިވާ އާއިލާތަކަށް އެހީވުމަށް މަމްސް އެއިޑް ޖަމިއްޔާއިން ހިންގާ “ބެކް ޓު ސްކޫލް” ކެމްޕޭނަށް ބީއެމްއެލް އިސްލާމިކްއިން އެއް ލައްކަ ރުފިޔާ ހަދިޔާކޮށްފިއެވެ.

ބީއެމްއެލްއިން ބުނީ އެ އެހީއަކީ މަމްސް އެއިޑްގެ ކެއާ ލިސްޓުގައި ހިމެނޭ އާއިލާތަކުގެ ތެރެއިން ދިރާސީ އާ އަހަރު ފެށޭއިރު ސްކޫލަށް ތައްޔާރު ކުރުމުގައި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ އާއިލާތަކުގެ ކުދިންނަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަށް ދިން އެހީއެއްކަމަށެވެ. އަދި އެ އެހީގެ ދަށުން 100 ކުއްޖަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް ބޭންކުން ބުނެއެވެ.

ބޭންކުން ބުނީ އިޖުތިމާއީ އެކި ކަންކަމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކުން އަބަދުވެސް އިސްކަންދޭކަމަށެވެ. އަދި ވޭތުވެދިޔަ އަހަރުތަކުގައި ވެސް މަމްސް އެއިޑުން ހިންގި އެކި ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.

މީގެ އިތުރުން މި ރޯދަ މަހު އަސާސީ ބޭނުންތައް ފުއްދުމަށް ދަތިވެފައިވާ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަމްސް އެއިޑުން ހިންގި ކެމްޕޭނަށް ބޭންކުގެ މުވައްޒަފުން ވަނީ އަމިއްލަ ގޮތުން ވެސް އެހީތެރިކަން ފޯރުކޮށްދީފައި ކަމަށް ބޭންކުން ބުނެއެވެ.

ބޭންކުން ބުނީ ބީއެމްއެލް އިސްލާމިކްއިން އަންނަނީ ޚިދުމަތަށް 10 އަހަރު ފުރޭ މުނާސަބަތާ ގުޅިގެން މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެފަދަ ތަފާތު ހަރަކާތްތައް ހިންގަމުންކަމަށެވެ.