މިލިއުން ޝެއަރ ކުރައްވާ

ބޭފެންސީގެ އެޕާޓްމަންޓުތައް ގަތުމުގެ ފުރުސަތު ހުޅުވާލައިފި

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

އެމް.އައި.ބީގެ މާލީ ހާލަތު އިތުރަށް ވަރުގަދަވެ، ދެވަނަ ކުއާޓަރުގައި ބޮޑު ކުރިއެރުމެއް ހޯދައިފި

ސްޓްރައިޕް އާއި އެޑްވެންޓުން ޕޭޕަލް ގަންނަން ހުށަހެޅި 53 ބިލިއަން ޑޮލަރުގެ ބިޑާއެކު ފިންޓެކް ދާއިރާ ހަލަބޮލިވެއްޖެ

ބޭންކް އޮފް މޯލްޑިވްސްއިން ޓީޓީ ޕްރޮސެސްކުރުން ލަސްވުމުގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް

ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުޅިން އަލަށް ހަތް ބްރާންޗެއް ހުޅުވައިފި

ހުޅުމާލެ 2 ގައި މިހާރު ހަދަމުން އަންނަ ލަގްޒަރީ އެޕާޓްމަންޓު ކޮމްޕްލެކްސް “ބޭފެންސީ ރެޒިޑެންސް”ގެ އެޕާޓްމަންޓުތައް ގަންނަން ހުޅުވާލައިފި އެވެ.

ބޭފެންސީން ބުނީ، އެ ޕްރޮޖެކްޓްގެ ކޮންސްޓްރަކްޝަން މަސައްކަތުގެ 20 ޕަސެންޓު މިހާރު ނިމިފައިވާ ކަކަމަށެވެ. އެއީ އާންމުންނަށް ގަތުމަށް ހުޅުވާލުމުގެ ކުރިން އެޗްޑީސީން ކަނޑައަޅާފައިވާ މިންވަރެވެ.

ސްމާޓް ޓެކްނޮލޮޖީ އަށް ވަރަށް ބޮޑަށް އިސްކަންދީފައިވާ އެ އެޕާޓްމެންޓް ކޮމްޕްލެސް ހަދަނީ އެންމެ ޒަމާނީ ވަސީލަތްތައް ވެސް ހިމަނައިގެންނެވެ.

އެ ތަނުގައި 1+1 ކޮޓަރީގެ ނޯމަލް އެއާޓްމެންޓް ހަދާ އިރު އެއީ 735 އަކަފޫޓު ޖާގައިގެ އެޕާޓްމެންޓްތަކެކެވެ. އަދި އެ އެއާޕްމެންޓްތަކުގެ އަގު 3.5 މިލިއަން ރުފިޔާ އަށް އަރަ އެވެ.

ބޭފެންސީއިން ދެ ކޮޓަރީގެ އެޕާޓްމެންޓްތައް ވިއްކަނީ 4.1 މިލިއަން ރުފިޔާއަށެވެ. “ކޯޒީ ރެޒިޑެންސް”ގެ ނަމުގައި ވިއްކާ އެ އެޕާޓްމެންޓްތަކުގެ ބޮޑު މިނުގައި 859 އާއި 906 އަކަފޫޓު ހުންނާނެ އެވެ.

ފެމިލީ ސުއީޓްސްގެ ނަމުގައި ވިއްކާ 1+2 ކޮޓަރީގެ އެއާޕްމެންޓްތަކުގެ އަގު އުޅެނީ 5.2 މިލިއަން ރުފިޔާގަ އެވެ. އެ އެޕާޓްމެންޓްތަކުގެ ބޮޑުމިނުގައި 1،133 އަކަފޫޓު ހުންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި ގްރޭންޑް ސުއީޓްގެ ގޮތުގައި ވިއްކާ 1+3 ކޮޓަރީގެ އެޕާޓްމެންޓްގެ އަގު 6.2 މިލިއަން ރުފިޔާ އަށް އަރަ އެވެ. ގްރޭންޑް ސުއީޓް އެޕާޓްމެންޓްގެ ބޮޑުމިނުގައި 1،551 އިން 1،925 އާ ދެމެދު ގެ ޖާގައިގެ އެޕާޓްމެންޓް ހުންނާނެ އެވެ.

އެ އެޕާޓްމެންޓްތަކުގެ އިތުރުން ސްކައި ވިލާސްގެ ގޮތުގައި 6،100 އާއި 6،500 އަކަފޫޓުގެ ބައެއް ވެސް ވަނީ ހާއްސަ ކޮށްފަ އެވެ. އެ ތަންތަން ވިއްކަނީ 26 މިލިއަން ރުފިޔާއަށެވެ.

ބޭފެންސީން ބުނީ، އެ ކުންފުނިން ހަދާ އެޕާޓްމެންޓުތަކުން ފެންނާނީ، ލަގްޒަރީ އެޕާޓްމެންޓްތަކުގެ މުޅިން އާ ކޮންސެޕްޓެއް ކަމަށެވެ. އެ އެޕާޓްމެންޓްތަކުގައި ސްމާޓް ހައުސް ސިސްޓަމްތައް ވެސް ބަހައްޓާނެ އެވެ. އެތަން ހަދަނީ އެންމެ ޒަމާނީ، ކޮލިޓީ ރަނގަޅު ސާމާނު ބޭނުންކޮށްގެން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. އަދި އެޕާޓްމެންޓްތައް ޑިޒައިން ކުރުމުގައި ނެޗުރަލް ވެންޓިލޭޝަން ލިބޭނެ ގޮގްތަކަށް އިސްކަން ދީފައިވާ ކަމަށް ބޭފެންސީން ބުންޏެވެ.

އެ ތަނުގެ ބައެއް އެޕާޓްމެންޓުން “ޕެނޮރެމިކް ވިއު” އާއި ހުޅުމާލޭގެ 270 ޑިގްރީ ވިއު ވެސް ލިބޭނެ އެވެ. އެ އިމާރާތުގައި ކޮމާޝަލް ސެންޓަރެއް ހަދާއިރު ޕާކު ކުރާނެ ޖާގަ ވެސް ފަހިކޮށްދޭނެ އެވެ. އަދި 17 ވަނަ ބުރީގައި އޮބްޒަވޭޝަން ޑެކެއް ވެސް ހެދުމަށް ވަނީ ހަމަޖެހިފަ އެވެ.

ބޭފެންސީ ރެޒިޑެންސް އަކީ ޖުމްލަ 18 ބުރީގެ އިމާރަތެކެވެ. އެއީ ސިންގަޕޫރުގެ ރިއަލްއެސްޓޭޓް ޑިވެލޮޕްމަންޓް ކުންފުންޏަކުން ފަށާފައިވާ މަސައްކަތެކެވެ. އެ ކުންފުނިން ރާއްޖޭގައި މަސައްކަތް ކުރަނީ ރާއްޖޭގައި ރީ-ރަޖިސްޓަރީކޮށްގެންނެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފެށި މި ޕްރޮޖެކްޓްގެ ދަށުން މިހާތަނަށް ފަސް ބުރީގެ ޝީޓުގެ މަސައްކަތް ވަނީ ނިންމައިފަ އެވެ. ބޭފެންސީން ބުނީ، އެ އެޕާޓްމެންޓްތަކާ ގުޅޭ މައުލޫމާތު ސާފުކުރުމަށް ހުޅުމާލޭ، އިންފިނިޓީ ހަބްގެ ދެވަނަ ފްލޯގައި ހުންނަ ބޭފެންސީ ސޭލްސް އޮފީހަށް ދިއުމުން ވެސް ލިބޭނެ ކަމަށެވެ. އަދި 4001188 އަށް ގުޅައިގެން އެކަމުގެ މައުލޫމާތު ސާފުކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.