މިލިއުން ޝެއަރ ކުރައްވާ

އަންނަ މަހުން ފެށިގެން ބޯޓުތަކުން ފީނަގާނީ ޑޮލަރުން: އެމްޕީއެލް ސީއީއޯ

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ބަޖެޓް ޑެފިސިޓް 950 މިލިއަން ރުފިޔާއަށް ކުޑަވެއްޖެ

ކަޅުބާޒާރުގައި ޑޮލަރުގެ އަގު ބާވީހުން މަތީގައި

އެމް.އައި.ބީގެ މާލީ ހާލަތު އިތުރަށް ވަރުގަދަވެ، ދެވަނަ ކުއާޓަރުގައި ބޮޑު ކުރިއެރުމެއް ހޯދައިފި

ކްރޫޒް ލައިނާތަކުން އައި ޓޫރިސްޓުންގެ އަދަދު ދެ ގުނަ މައްޗަށް

ބޯޓުފަހަރުން ނަގާ ފީތައް ޑޮލަރުން ނަގަން އަންނަ މަހު ފަށާނެ ކަމަށް އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ވަޖީހު ވިދާޅުވީ، ރާއްޖެ އަށް މުދާ އެތެރެކުރާ ޝިޕް އެޖެންޓުން، ދިވެހި ވިޔަފާރިވެރިން އަތުން ޑޮލަރުން ފައިސާ ނަގާ އިރު، އެ ޝިޕްއެޖެންޓުން އެމްޕީއެލް އަށް ފައިސާ ދައްކަނީ ރުފިޔާ އިން ކަމަށެވެ. އެކަމަކު، އެކަން ބަދަލު ކުރުމަށް އެ ކުންފުނިން މިހާރު ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ޝިޕް އެޖެންޓުން ކަޅު ބާޒާރުން 17ރ. ނުވަތަ 18ރ. އަށް ޑޮލަރު މާރުކުރުމަށް ފަހު، އެމްޕީއެލް އަށް ފީ ދައްކަނީ ބޭންކް ރޭޓު، 15.42ރ. ގެ ރޭޓުން ކަމަށެވެ

ރާއްޖެ އަށް މުދާ ގެންނަ ފަރާތްތަކުން ނުވަތަ ކޮންސައިނީ އިން ބޯޓަށް ފައިސާ ދައްކަނީ ޑޮލަރުންނެވެ. ނަމަވެސް އެ ފަރާތްތަކުން ރުފިޔާ އިން ފައިސާ ދައްކާ ނަމަ އިމްޕޯޓު މުދާ ގެންނަ ފަރާތްތަކުން 20 ޕަސެންޓް އިތުރަށް ފައިސާ ދައްކަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ވަޖީހު ވިދާޅުވީ، މިއީ އިންސާފެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އެއާޕޯޓުން ވެސް ބޯޓުތަކުން ނަގާ ފީތައް ދައްކަނީ ޑޮލަރު ކަމަށެވެ. އެހެންވެ، އެމްޕީއެލް އިން ވެސް އެޖެންޓުންނާއި ކަނޑު ބޯޓުތަކުން ޑޮލަރުން ފީ ނެގުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.