މިލިއުން ޝެއަރ ކުރައްވާ

ސެމްސަންގ އެސް25 ބެސްޓް ބައި މޯބައިލްއިން ރާއްޖެއަށް ތައާރަފްކޮށްފި

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ބަޖެޓް ޑެފިސިޓް 950 މިލިއަން ރުފިޔާއަށް ކުޑަވެއްޖެ

ކަޅުބާޒާރުގައި ޑޮލަރުގެ އަގު ބާވީހުން މަތީގައި

އެމް.އައި.ބީގެ މާލީ ހާލަތު އިތުރަށް ވަރުގަދަވެ، ދެވަނަ ކުއާޓަރުގައި ބޮޑު ކުރިއެރުމެއް ހޯދައިފި

ކްރޫޒް ލައިނާތަކުން އައި ޓޫރިސްޓުންގެ އަދަދު ދެ ގުނަ މައްޗަށް

ބެސްޓް ބައި މޯބައިލްއިން ސެމްސަންގ ގެލެކްސީ އެސް25 ސީރީޒްގެ ފޯނުތައް ދިވެހިރާއްޖެއަށް ތަޢާރަފުކޮށް، ވިއްކަން ފަށައިފިއެވެ.

މި ސަރަޙައްދުގައި އެންމެ ވާދަވެރި އަގުތަކެއްގައި އެސް25 ސީރީޒްގެ ފޯނުތައް ލިބެން ހުންނާނީ އެ ކުންފުނީގެ ފިހާރަތަކުން ކަމަށް ބެސްޓް ބައި މޯބައިލްގެ  ފަރާތުން މަޢުލޫމާތު ދެއްވިއެވެ.

ސެމްސަންގުން މިފަހަރު ތަޢާރަފުކޮށްފައިވަނީ އެސް25 ސީރީޒްގެ ތިން މޮޑެލެކެވެ. އެއީ އެސް25، އެސް25+ އަދި އެސް25 އަލްޓްރާއެވެ. މި ފޯނުތައް މިހާރުވެސް ބެސްޓް ބައި މޯބައިލްގެ ފިހާރަތަކުން ލިބެން ހުންނާނެއެވެ. އަދި ކުރިން ޕްރީ-އޯޑަރ ކުރެއްވި ކަސްޓަމަރުންނަށްވެސް މިހާރު ފޯނު ދޫކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެއެވެ.

އިތުރު މަޢުލޫމާތެއްގެ ގޮތުން، އެޕަލްއިން ފާއިތުވި އަހަރު ނެރުނު އައިފޯން 15 ސީރީޒްގެ ފޯނުތަކަށް ބޮޑު ޑިސްކައުންޓެއް ލިބޭގޮތް ބެސްޓް ބައި މޯބައިލްއިން ވަނީ ހަމަޖައްސާފައެވެ. މިކަމުގެ ސަބަބުން، އެންމެ އަގުހެޔޮކޮށް އައިފޯން 15 ސީރީޒްގެ ފޯނުތައް ލިބެން ހުންނާނީވެސް ބެސްޓް ބައި މޯބައިލްގެ ފިހާރަތަކުންނެވެ.

ބެސްޓް ބައި މޯބައިލްއިން ވިއްކާ ފޯނުތަކުގެ އަގުތައް އެ ކުންފުނީގެ ފޭސްބުކް ޕޭޖުން ބައްލަވައިލެވޭނެއެވެ.

ސެމްސަންގުގެ އެންމެ ފަހުގެ އުފެއްދުންތައް ބައިނަލްއަޤްވާމީ ފެންވަރުގައި ތަޢާރަފުކޮށްފައިވަނީ ޖަނަވަރީ މަހުގެ 21 ވަނަ ދުވަހުއެވެ.

ބެސްޓް ބައި މޯބައިލްގެ މައި ފިހާރަ ހުންނަނީ މަޖީދީމަގުގައި، ބޭންކް އޮފް މޯލްޑިވްސްގެ ކުރިމަތީގައެވެ. ދެވަނަ ފިހާރަ ހުންނަނީ މާވެޔޮމަގުގައި ހުންނަ އޭޑީކޭ ފާމަސީގެ ކުރިމަތީގައެވެ. އަދި ތިންވަނަ ފިހާރަ ހުންނަނީ މަޖީދީމަގުގައި، ކުރީގެ އަގޯރާ ފިހާރައިގެ ކުރިމަތީގައެވެ.

އެ ކުންފުނިން ޑެލިވަރީ އަދި ކާގޯގެ ޚިދުމަތްދޭއިރު، މާލެ ސަރަޙައްދުގެ ކޮންމެ ތަނަކަށާއި، އުޅަނދުފަހަރުތަކަށްވެސް ޑެލިވަރީގެ ޚިދުމަތް ފޯރުކޮށްދެއެވެ.

ބެސްޓް ބައި މޯބައިލްއިން ވަނީ އިންސްޓޯލްމަންޓަށްވެސް ފޯނު ނެގޭގޮތް ހަމަޖައްސާފައެވެ. މިގޮތުން ފުލުހުންގެ ޕޮލްކޯ ސްކީމާއި، މޯލްޑިވްސް އިސްލާމިކް ބޭންކް، އެމްއެފްއެލްސީ، ބީއެމްއެލް އީޒީ، އަދި ބީއެމްއެލް އިސްލާމިކް ކްރެޑިޓް ސްކީމް މެދުވެރިކޮށްވެސް ބެސްޓް ބައި މޯބައިލްއިން ފޯނު ނެގޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.