މިލިއުން ޝެއަރ ކުރައްވާ

އެންމެ ތަދު އެއްޗަކީ ކުރުނބާ

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ބަޖެޓް ޑެފިސިޓް 950 މިލިއަން ރުފިޔާއަށް ކުޑަވެއްޖެ

ކަޅުބާޒާރުގައި ޑޮލަރުގެ އަގު ބާވީހުން މަތީގައި

އެމް.އައި.ބީގެ މާލީ ހާލަތު އިތުރަށް ވަރުގަދަވެ، ދެވަނަ ކުއާޓަރުގައި ބޮޑު ކުރިއެރުމެއް ހޯދައިފި

ކްރޫޒް ލައިނާތަކުން އައި ޓޫރިސްޓުންގެ އަދަދު ދެ ގުނަ މައްޗަށް

މާލޭގެ ލޯކަލް މާރުކޭޓުގައި ކުރުނބާގެ އަގު ދަށްވެ، އަގު އުފުލިއްޖެ އެވެ.

މާރުކޭޓުން މިހާރު ކުރުނބާ ލިބެން ހުރީ 35ރ. އަށެވެ. އަދި 1.5 ލީޓަރުގެ ފެން ފުޅިއެއްގައި ކުރުނބާ ވިއްކަނީ 170ރ. އާއި 150ރ. އާ ދެމެދުގެ އަގެއްގަ އެވެ.

ކުރުނބާ ލިބެން ހުރީ ވެސް މަދު ގޮޅިތަކަކުން ކަމަށް ވާއިރު ވިޔަފާރިވެރިން ބުނީ، ކުރުނބާ ލިބޭ ވަރު މިހާރު ވަރަށް މަދު ކަމަށެވެ. ކުރުނބާ ލިބުމުގެ ދަތިކަން އުޅޭތާ ދުވަސްތަކެއް ވެފައިވާ ކަމަށް ވެސް އެ މީހުން ބުންޏެވެ.

ކުރުނބާ. މާރުކޭޓުގައި ކުރުނބާ ހުރީ ވަރަށް މަދުން — ފޮޓޯ: މިހާރު

ކުރުނބާ ފަންޏަކީ ރޯދަމަހު ދިވެހިން ގިނައިން ބޭނުން ކުރާ ބާވަތެކެވެ.

ބާޒާރުގައި ކުރުނބާ މަދުން ލިބެން ހުރި ނަމަވެސް، އެހެން ބާވަތްތައް ލިބުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށް ވިޔަފާރިވެރިން ބުންޏެވެ. ދިވެހިން އާންމުކޮށް ބޭނުން ކުރާ ކަރާ ކިލޯއެއް ލިބެން ހުރީ 25ރ. އަށެވެ. އަދި މިރުސް ކިލޯއެއް އުޅެނީ 200ރ. އާއި 250ރ. އާ ދެމެދުގެ އަގެއްގަ އެވެ.