މިލިއުން ޝެއަރ ކުރައްވާ

ޖަރުމަނުވިލާތުގެ އިގްތިސާދު ދަށަށް ދާނެކަމުގެ ނިޝާންތަކާއިއެކު ރާއްޖޭގެ ފަތުރުވެރިކަމަށް އަސަރު ކޮށްފާނެ.

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ބަޖެޓް ޑެފިސިޓް 950 މިލިއަން ރުފިޔާއަށް ކުޑަވެއްޖެ

ކަޅުބާޒާރުގައި ޑޮލަރުގެ އަގު ބާވީހުން މަތީގައި

އެމް.އައި.ބީގެ މާލީ ހާލަތު އިތުރަށް ވަރުގަދަވެ، ދެވަނަ ކުއާޓަރުގައި ބޮޑު ކުރިއެރުމެއް ހޯދައިފި

ކްރޫޒް ލައިނާތަކުން އައި ޓޫރިސްޓުންގެ އަދަދު ދެ ގުނަ މައްޗަށް

ޔޫރަޕްގެ އެންމެ ވަރުގަދަ އެއް އިގްތިސާދު ކަމުގައިވާ ޖަރުމަނު ވިލާތުގެ ރިސެޝަން ލަފާކުރެވިފައިވާވުރެން ބޮޑަށް ދައްވެދާނެ ކަމަށް ޖަރުމަނުވިލާތުގެ އިގްތިސާދު ތަހުލީލްކުރާ ޖަމިއްޔާ އެއް ކަމުގައިވާ “އައި.އެފް.އޯ” އިންސްޓިޓިއުޓުން ހާމަކޮށްފިއެވެ. މީގެ އެންމެ ބޮޑު އެއް ސަބަބެއްކަމަށް ހާމަކޮށްފައިވަނީ އާންމުން ހަރަދުކުރާ މިންވަރު ދަށަށްދިއުމެވެ.

މިކަމުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމްއަށް އަސަރުކޮށްފާނެކަމަށް ބެލެވެނީ، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ  %16 ހިއްސާކުރަނީ ޖަރުމަނުން ކަމަވާތީއެވެ. ޖަރުމަނު ވިލާތުން ކުރިން ލަފާކުރެވިފައިވާ %0.1 ގެ ބަދަލުގައި %0.4 ޖީޑީޕީ ދައްވެއްޖެނަމަަ، ފަތުރުވެރިކަމަށް ކުރާހޭދައަށްވެސް އަސަރުކުރާނެއެވެ. މިހެންކަމުން ޖަރުމަނު ވިލާތުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ވެސް މަދުވާނެއެވެ.

2024 އަށް ކުރެވޭ އަންދާޒާތަކަށް ބަލާއިރު ޖަރުމަނުވިލާތުގެ އިގްތިސާދު %1.7 އަށް ދައްވެދާނެ ކަމަށް ބެލެވުން މިއީ އަންނަން އޮތް އަހަރުތަކުގައިވެސް ޖަރުމަނު ފަތުރުވެރިން އައުން އިތުރަށް ހީނަރުވެދާނެ ސަބަބެކެވެ.

ޖަރުމަނުވިލާތުގެ އިގްތިސާދު ދަށަށް ދިޔަނަމަވެސް ޔޫރޯޒޯންގެ އަންދާޒާތައްފެންނަނީ ރަނގަޅުކަމުގައެވެ. އެހެންކަމުން ރާއްޖެ ޒިޔާރތްކުރާ ޔޫރޯޒޯންގެ އެހެން ގައުމުތަކުގެ ފަތުރުވެރިން އިތުރުވާނެކަމަށްވެސް ގަބޫލުކުރެވެއެވެ.