މިލިއުން ޝެއަރ ކުރައްވާ

އިސްލާމިކް ބޭންކުން ހިއްސާއަކަށް 2.90 ރުފިޔާ ދެނީ

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ބަޖެޓް ޑެފިސިޓް 950 މިލިއަން ރުފިޔާއަށް ކުޑަވެއްޖެ

ކަޅުބާޒާރުގައި ޑޮލަރުގެ އަގު ބާވީހުން މަތީގައި

އެމް.އައި.ބީގެ މާލީ ހާލަތު އިތުރަށް ވަރުގަދަވެ، ދެވަނަ ކުއާޓަރުގައި ބޮޑު ކުރިއެރުމެއް ހޯދައިފި

ކްރޫޒް ލައިނާތަކުން އައި ޓޫރިސްޓުންގެ އަދަދު ދެ ގުނަ މައްޗަށް

އިސްލާމިކް ބޭންކުން ޖުމްލަ ފައިދާގެ 37 ޕަސެންޓް ހިއްސާދާރުންނަށް ބަހަން އެބޭންކުގެ ޑީރެކްޓަރުންގެ ބޯޑޫން ނިންމާ އަހަރީ ޖަލްސާއަށް ހުށަހަޅަން ނިންމައިފިއެވެ. އެއީ ހިއްސާއަކަށް 2.90 ރުފިޔާ ގެ މަގުން 65 މިލިއަން ރުފިޔާއެވެ.

ބޭންކުން ބުނާ ގޮތުން މިއަދަދަކީ ކުރީ އަހަރަށް ވުރެ 65 އިންސައްތަ ބޮޑު އަދަދެކެވެ. އަދި އެއީ ކުންފުނި ލިސްޓްކުރިފަހުން ބަހާ އެންމެ ބޮޑު އަދަދެވެ.

މިދިޔަ އަހަރު އެބޭންކަށް ސާފު ފައިދާގެ ގޮތުގައި 177 މިލިއަން ރުފިޔާ ލިބުނެވެ. ބޭންކުން ހާމަކުރާގޮތުގައި ފައިދާ އެހާ ބޮޑުވީ މިދިޔަ އަހަރު ބޭންކުގެ ޚިދުމަތް ވަރަށް ބޮޑަށް ފުޅާކުރެވުމުން ޒަމާނީ ވަސީލަތްތަކުގެ އެހީގައި ބޭންކުގެ ޚިދުމަތް ފުޅާކުރެވުމުގެ ނަތީޖާ ކަމުގައެވެ.

އެމްއައިބީން ހާމަކުރާ ގޮތުގައި ހިއްސާގެ ފައދާ ލިބޭނީ މެއިމަހުގެ 8 ވަނަ ދުވަހާ ހަމައަށް ހިއްސާދާޜުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށެވެ.