މިލިއުން ޝެއަރ ކުރައްވާ

ލަންކާގެ މެކްޑޮނަލްޑްސްތައް ބަންދުކޮށްފި

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

އެމް.އައި.ބީގެ މާލީ ހާލަތު އިތުރަށް ވަރުގަދަވެ، ދެވަނަ ކުއާޓަރުގައި ބޮޑު ކުރިއެރުމެއް ހޯދައިފި

ކްރޫޒް ލައިނާތަކުން އައި ޓޫރިސްޓުންގެ އަދަދު ދެ ގުނަ މައްޗަށް

ސްޓްރައިޕް އާއި އެޑްވެންޓުން ޕޭޕަލް ގަންނަން ހުށަހެޅި 53 ބިލިއަން ޑޮލަރުގެ ބިޑާއެކު ފިންޓެކް ދާއިރާ ހަލަބޮލިވެއްޖެ

ދިވެހިރާއްޖޭގެ ފަތުރުވެރިކަން: މިހާރުގެ ހާލަތާއި ކުރިމަގުގެ އަންދާޒާ

އަވައްޓެރި ސްރީލަންކާގައި ހިންގާ އެމެރިކާގެ ފާސްޓްފުޑް ޗެއިންއެއް ކަމަށްވާ މެކްޑޮނަލްޑްސްގެ ހުރިހާ ފިހާރައެއް ބަންދުކޮށްފިއެވެ. މިތަންތަން ބަންދުކޮށްފައިވަނީ ކޯޓުއަމުރެއްގެ ދަށުން މިތަންތަނުގެ ސާފުތާހިރުކަން ދަށްވެގެން ކަމަށް އޭއެފްޕީއިން މައުލޫމާތު ލިބެއެވެ.

ކޯޓުއަމުރެއްގެ ދަށުން ބަންދުކޮށްފައިވާއިރު މިތަންތަން ހިންގާ ލަންކާގެ ކުންފުންޏާ މެކްޑޮނަލްޑްސްގެ މައިކުންފުންޏާ ވެސް ވަނީ މައްސަލަތަކެއް ދިމާވެ މައިކުންފުނިންވަނީ އެމައްސަލަވެސް ކޯޓަށް ހުށަހަޅާފައެވެ.

އެނގިފައިވާގޮތުގައި ސްރީލަންކާގެ ލޯކަލް ކުންފުންޏާއެކުވެފައިވާ އެއްބަސްވުންވެސް މިދިޔަ ހަފްތާގައިގައި މައިކުންފުނިން ވަނީ އުވާލާފައެވެ. 1988 ން ފެށިގެން މެކްޑޮނަލްޑްސްގެ 12 ފިހާރައެއް ދަނީ ހިންގަމުންނެވެ. މިހާރު ބަންދުކޮށްފައިވާ ތަންތަން ބަންދުކޮށްފައިވާއިރު އެތަންތަން ހުޅުވާނެ ދުވަހެއް ނޭނގޭޑކަމަށާއި ކޯޓުއަމުރުގެ ދަށުންވަނީ އޭޕްރީލް 4 ވަނަ ދުވަހާ ހަމައަށް ބަންދުކޮށްފައިކަމަށް އޭއެފްޕީ އިން މަޢުލޫމާތު ލިބެއެވެ.