މިލިއުން ޝެއަރ ކުރައްވާ

އެމްއައިބީ އާއި އިހްސާން ފިހާރައާ ގުޅިގެން ޕްރޮމޯޝަނެއް ފަށަނީ

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ބީއެމްއެލްގެ 1000 ޑޮލަރު ލިބޭ ޕްރޮމޯޝަން

އިންކަމް ޓެކްސްއިން ލިބުނު އާމްދަނީއަށް ބޮޑު ކުރިއެރުމެއް

ބާޒާރުގައި ހުރި ކާބޯތަކެތި އާ ގަވާއިދަށް ފެއްތުމަށް އެމްއެފްޑީއޭ އިން މުހުލަތެއް ދީފި

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ހިދުމަތަށް ހުޅުވާލުން

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާއި އިހްސާން ފިހާރައާ ގުޅިގެން ބޮޑެތި ފައިސާގެ އިނާމުތަކެއް ލިބޭ ހާއްސަ ޕްރޮމޯޝަނެއް އިއުލާންކޮށްފި އެވެ.

ރޯދަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ރޯދަ މަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ އިހްސާން ފިހާރައިގެ ހަތަރު އައުޓްލެޓުން 200 ރުފިޔާގެ ވިޔަފާރިކޮށްގެން ހާއްސަ ކޫޕަނެއް ފުރައިގެންނެވެ.
މި ޕްރޮމޯޝަންގައި ކޮންމެ ހަފްތާއަކު އިހްސާން ކޮންމެ އައުޓްލެޓަކުން ހަތް ނަސީބުވެރިން — ޖުމްލަ 28 ނަސީބުވެރިން ހޮވައި ކޮންމެ މީހަކަށް 1000 ރުފިޔާގެ ފައިސާގެ އިނާމެއް ދެވޭނެ އެވެ.
މި ޕްރޮމޯޝަން އެއްކޮށް ނިމުމުން ހޮވާ ބޮޑު ލަކީޑްރޯގައި އެއްވަނަ އިނާމަކަށް ދިނުމަށް ނިންމާފައިވަނީ 75،000 ރުފިޔާ އެވެ. ދެވަނައަށް 50،000 ރުފިޔާ ދޭއިރު ތިންވަނައަށް ދެނީ 25،000 ރުފިޔާ އެވެ.
މި ޕްރޮމޯޝަން ކުރިއަށް ދަނީ ރޯދަ މަހުގެ ނިޔަލަށް ކަމަށް ވިޔަސް ލަކީޑްރޯގެ ބޮޑު އިނާމު ބޭނުންވާނަމަ އޭޕްރިލް މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް އިހްސާން ފިހާރައިން ވިޔަފާރިކުރަންޖެހެ އެވެ.
މިޕްރޮމޯޝަނާ ގުޅޭގޮތުން އެމްއައިބީގެ މީޑިއާ މެނޭޖަރު އަހްސަން ޖަމީލް ވިދާޅުވީ މިއީ މާލެ ސަރަހައްދުގައި ކުރިއަށްދާ މި ޕްރޮމޯޝަން ފަރުމާކޮށްފައިވަނީ ގިނަ ކަސްޓަމަރުންތަކަކަށް އިނާމު ލިބޭނެ ގޮތަށް ކަމަށެވެ.
އެމްއައިބީ އަކީ ރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި ފުލް ފްލެޖްޑް އިސްލާމިކް ބޭންކެވެ.