މިލިއުން ޝެއަރ ކުރައްވާ

ރިސޯރޓް ލީސް އިތުރުކުރުމަށް ފައިސާ ދެއްކުމުގެ މުއްދަތު ކުޑަކުރަނީ

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ފުރަތަމަ ފަސް މަހުގެ ރިސޯޓު ކުލީގެ އާމްދަނީ 20 ޕަސެންޓް ކުރިއަށް

ސަބްސްކްރިޕްޝަންގެ ހައްލަކަށް ބީއެމްއެލްއިން އަދިވެސް ބުނަނީ އަމިއްލައަށް ޑޮލަރު ހޯދައިގެން މުއާމަލާތް ކުރުމަށް

މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ގެއްލުން 500 މިލިއަން ޑޮލަރަށްވުރެ މައްޗަށް

މިފްކޯއިން މަސް ގަންނަ އަގު ބޮޑުކޮށްފި

ޓޫރިޒަމް ދޫކުރެވިފައި ހުރި ރަށްތަކާއި ބިމާއި ފަޅުތައް ކުއްޔަށް ދޫކުރާ މުއްދަތު ދެ އަހަރުން ހަ މަހަށް ކުޑަކުރުމުގެ މަގުސަދުގައި ފަތުރުވެރިކަމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ސަރުކާރުން މިއަދު ހުށަހަޅައިފި އެވެ.

ދަނގެތީދާއިރާގެ މެމްބަރު އަބްދުﷲ ރަޝީދު ހުށަހަޅާދެއްވި މި އިސްލާހުގެ އަމާޒަކީ 50 އަހަރުން ފެށިގެން 99 އަހަރާ ހަމައަށް ކުލި އިތުރުކުރުމަށް ދައްކަންޖެހޭ ފައިސާ ހަމަޖެއްސުމަށް މިހާރު ދެ އަހަރުގެ ދެއްކުމަށްދޭ މުއްދަތު ގާނޫނުގެ ނުވަ ވަނަ މާއްދާ އަށެވެ.

އާ ގާނޫނު ފާސްވެއްޖެނަމަ ހަ މަސް ދުވަހުގެ ތެރޭގައި ދައްކަންޖެހޭ ފައިސާ ދެއްކުމަށް ލާޒިމް ކުރާނެ އެވެ. އަދި ފައިސާ ދެއްކުމުގެ އޮނިގަނޑަށް ބަދަލު އަންނާނެއެވެ. މިގޮތުން

6 މަސްދުވަހުގެ ތެރޭގައި: މުއްދަތު އިތުރުކުރާ އަހަރަކަށް 100،000 ޑޮލަރު.

6 މަސްދުވަހުގެ ފަހުން: އިތުރުކުރާ އަހަރަކަށް 200،000 ޑޮލަރު.

އެއްފަހަރާ 6 މަސްދުވަހުގެ ތެރޭގައި ފައިސާ ދައްކާނަމަ 5 މިލިއަން ޑޮލަރު އަދި އެއަށްވުރެ މުއްދަތު އިތުރުވިއްޖެނަމަ 10މިލިއަން ޑޮލަރު ދައްކަން ޖެހެއެވެ.

މީގެ އިތުރުން ޓޫރިޒަމް މިނިސްޓްރީއާ އެކު ވެފައިވާ އެއްބަސްވުންތަކުގައި ހިމެނޭ ފީތައް ނުހިމަނައި ކުއްޔަށް ހިފާ ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ހުރިހާ ލީސް ޕޭމަންޓާއި ޖޫރިމަނާއާއި ޓެކްސްއާއި އެހެނިހެން ފީތައް ދައްކާ ހަލާސްކުރަންވާނެ ކަމަށް އިސްލާހުގައިވެ އެވެ.

މި ފިޔަވަޅަކީ ރާއްޖޭގެ އިގްތިސާދުގެ ހަރުދަނާކުރުމަށް އެޅޭ ހަރުދަނާ ފިޔަވަޅަކަށް ވެގެންދާނެއެވެ. އަދި ޓޫރިޒަމް ދާއިރާއިން ކުއްޔަށް ދޫކުރުމުގެ ނިޒާމް އިތުރަށް ސްޓްރީމްލައިންވެގެން ދާނެއެވެ.