މިލިއުން ޝެއަރ ކުރައްވާ

މޯލްޑިވިއަންގެ އައު ވައިޑް-ބޮޑީ ޗައިނާއަށް

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ބަޖެޓް ޑެފިސިޓް 950 މިލިއަން ރުފިޔާއަށް ކުޑަވެއްޖެ

ކަޅުބާޒާރުގައި ޑޮލަރުގެ އަގު ބާވީހުން މަތީގައި

އެމް.އައި.ބީގެ މާލީ ހާލަތު އިތުރަށް ވަރުގަދަވެ، ދެވަނަ ކުއާޓަރުގައި ބޮޑު ކުރިއެރުމެއް ހޯދައިފި

ކްރޫޒް ލައިނާތަކުން އައި ޓޫރިސްޓުންގެ އަދަދު ދެ ގުނަ މައްޗަށް

މޯލްޑިވިއަންގެ އައު ވައިޑް-ބޮޑީ މަތިންދާބޯޓު ޗައިނާގެ ޗެންގްޑޫއަށް އޭގެ ޕްރިމިއަރ ދަތުރު މިރޭ ފަށައިފިއެވެ.

ޤައުމީ އެއަރލައިން ހިންގާ އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވި ގޮތުގައި، މި ފުރަތަމަ ދަތުރުގައި ޑިމާންޑް ބޮޑެވެ. އަދި ކުރިއަށް އޮތްތަނުގައި މޯލްޑިވިއަންގެ ޗައިނާ ދަތުރުތަކަށް މަތީ ޑިމާންޑެއް އުފެދޭނެކަމުގެ ޔަޤީންކަން އޮތްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި މަހުގެ ކުރީކޮޅު ގެނެވުނު އެއަރބަސް އޭ330 މަތިންދާބޯޓުގެ ފުރަތަމަ މަންޒިލަކީ ޗައިނާގެ ޗެންގްޑޫއެވެ. މި މަގަށް ދެކޮޅު ޓިކެޓެއްގެ އަގަކީ 688 އެމެރިކާ ޑޮލަރު (10،610 ދިވެހި ރުފިޔާ) އެވެ. މީގެ އިތުރުން، ބެއިޖިންގ އަދި ޝެންހާއީއަށް ވެސް ދަތުރުތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

އެއަރބަސް އޭ330 ބޯޓަކީ 260 ފަސިންޖަރުން އުފުލޭ، ބިޒްނަސް، ޕްރީމިއަމް އިކޮނޮމީ އަދި އިކޮނޮމީ ކްލާސްތަކަށް ޚާއްޞަކުރެވިފައިވާ، ދުރު ރާސްތާގެ ދަތުރުތަކަށް އެކަށޭނަ މަތިންދާބޯޓެކެވެ. މި ބޯޓާއެކު މޯލްޑިވިއަން އެއަރލައިންގެ ފްލީޓުގެ އަދަދު 25 އަށް އިތުރުވެގެންދާނެއެވެ.

މޯލްޑިވިއަން އިން މިއަހަރުގެ ފަހުކޮޅު އިތުރު އެއަރބަސް އޭ330 ބޯޓެއް ގެނައުމަށް މަސައްކަތްކުރަމުންދާއިރު، މި ފުޅާވުމާއެކު ޔޫރަޕްގެ އެކި ސިޓީތަކަށް ސީދާ ދަތުރުތައް ފެށުމަށްވެސް ވަނީ ރޭވިފައެވެ.