މިލިއުން ޝެއަރ ކުރައްވާ

ބީއެމްއެލުން ކ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓައި ނިންމައިފި

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

އެމް.އައި.ބީގެ މާލީ ހާލަތު އިތުރަށް ވަރުގަދަވެ، ދެވަނަ ކުއާޓަރުގައި ބޮޑު ކުރިއެރުމެއް ހޯދައިފި

ސްޓްރައިޕް އާއި އެޑްވެންޓުން ޕޭޕަލް ގަންނަން ހުށަހެޅި 53 ބިލިއަން ޑޮލަރުގެ ބިޑާއެކު ފިންޓެކް ދާއިރާ ހަލަބޮލިވެއްޖެ

ބޭންކް އޮފް މޯލްޑިވްސްއިން ޓީޓީ ޕްރޮސެސްކުރުން ލަސްވުމުގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް

ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުޅިން އަލަށް ހަތް ބްރާންޗެއް ހުޅުވައިފި

ކ. ހުރާގައި މިއަދު ސެލްފް ސާވިސް ބޭންކިން އޭޓީއެމްގެ ޚިދުމަތް ފަށައިފައިވާކަމަށާއި، އެއާއެކު މިހާރު އަތޮޅުގެ ހުރިހާ ރަށެއްގައި ވެސް އޭޓީއެމްގެ ޚިދުމަތް މިހާރު ލިބޭނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން މިއަދު ބުނެފިއެވެ.

ބީއެމްއެލުން ވަނީ “މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް” ނަމުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް ޚާއްސަ މަސައްކަތެއް ފަށައިފައެވެ.

މި މަސައްކަތުގެ ތެރެއިން މިހާރު ވަނީ، ހއ.، ނ.، މ.، ގެ އިތުރުން ދ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓައިފައެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ، އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ގާއިމްކޮށް ނިންމުން ކަމަށެވެ.

“މި މަސައްކަތް ތާވަލާ އެއްގޮތަށް ކުރިއަށް އެބަ ދޭ، އެހެންކަމުން މި ލަނޑުދަނޑި ހާސިލުކުރެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އަޅުގަނޑުމެންނަށް އެބައޮތް،” ޝަރީފް ވިދާޅުވިއެވެ.

މިހާރު ބީއެމްއެލުން ވަނީ 20 އަތޮޅުގައި 39 ބްރާންޗެއް ގާއިމްކޮށްފައެވެ. އަދި 123 ސެލްފް ސާވިސް ބޭންކިން ސެންޓަރާއި، 178 އޭޓީއެމް ވަނީ މުޅި ރާއްޖޭގައި ގާއިމްކޮށްފައެވެ.