މިލިއުން ޝެއަރ ކުރައްވާ

އިންޑޯމިލްކްގެ “ސްކްރެޗް އެންޑް ވިން” ގެ އެއްލައްކަ ރުފިޔާގެ އިނާމު ހޮވުން ހުކުރު ދުވަހު

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

އެމް.އައި.ބީގެ މާލީ ހާލަތު އިތުރަށް ވަރުގަދަވެ، ދެވަނަ ކުއާޓަރުގައި ބޮޑު ކުރިއެރުމެއް ހޯދައިފި

ސްޓްރައިޕް އާއި އެޑްވެންޓުން ޕޭޕަލް ގަންނަން ހުށަހެޅި 53 ބިލިއަން ޑޮލަރުގެ ބިޑާއެކު ފިންޓެކް ދާއިރާ ހަލަބޮލިވެއްޖެ

ބޭންކް އޮފް މޯލްޑިވްސްއިން ޓީޓީ ޕްރޮސެސްކުރުން ލަސްވުމުގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް

ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުޅިން އަލަށް ހަތް ބްރާންޗެއް ހުޅުވައިފި

އެމްޔޫ ސްޓޯރުން ކުރިއަށް ގެންދިޔަ “އިންޑޯމިލްކް ސްކްރެޗް އެންޑް ވިން” ޕްރޮމޯޝަންގެ އެންމެ ބޮޑު އިނާމު ލިބޭ ފަރާތް ހޮވުން އަންނަ ހުކުރު ދުވަހު ބާއްވަން ނިންމައިފި އެވެ.

އެމްޔޫ ސްޓޯރުން ބުނީ، ޕްރޮމޯޝަން ފެށުނީއްސުރެ، އެތައް ހާސް ބަޔަކު އިންޑޯމިލްކްގެ ޕެކެޓްތައް ގަނެ އެ ޕްރޮމޯޝަންގައި ބައިވެރިވެފައިވާ ކަމަށެވެ.

ދިވެހިންގެ މެދުގައި މަގްބޫލު ބްރޭންޑު، އިންޑޯމިކްގެ ޕްރޮމޯޝަންގެ ދަށުން އެއްވަނަ އަށް އަންނަ މީހަކަށް އެއް ލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެ އެވެ. އެ ޕްރޮމޯޝަންގައި ވީކްލީ އަދި މަންތްލީ އިނާމުތަކުގެ ގޮތުގައި 50 ސްކޭޓް ބޯޑާއި ސްކޫޓަރު އަދި 100 ގިފްޓް ވައުޗަރު ވަނީ ދީފަ އެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފެށި ޕްރޮމޯޝަންގައި ކޮންމެ ހަފުތާ އަކާއި ކޮންމެ މަހެއްގެ އިނާމުތައް ލިބުނު ކަސްޓަމަރުން އެމްޔޫ ސްޓޯރުގެ ސޯޝަލް މީޑިއާ އެކައުންޓުގައި ވަނީ އިއުލާނުކޮށްފައިވެ އެވެ.

އެއީ އިންޑޯމިލްކަށް އާންމުންގެ ތެރޭގައި އޮތް ލޯތްބާއި ޝުކުރު އަދާކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޕްރޮމޯޝަނެއް ކަމަށް އެމްޔޫ ސްޓޯރުން ބުންޏެވެ. ސްކްރެޗް އެންޑް ވިން ޕްރޮމޯޝަންގެ ތެރޭގައި އެ ލޯބި އިތުރުވެ، އާންމުންގެ ބައިވެރިވުން ފެނުނީ ހައިރާންކުރުވަނިވި ވަރަކަށް ކަމަށް ވެސް އެ ފިހާރައިން ބުންޏެވެ.

އެމްޔޫ ސްޓޯރުން ބުނީ، ޕްރޮމޯޝަނާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް އެ ފިހާރައިގެ ރަސްމީ ސޯޝަލް މީޑިއާ ޕޭޖްތަކުން އަންނަ ހުކުރު ދުވަހު ލިބޭނެ ކަމަށެވެ.