މިލިއުން ޝެއަރ ކުރައްވާ

މިއަދު އުރީދޫއިން ހިލޭ ތައިލޭންޑަށް ގުޅޭނެ

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

އެމް.އައި.ބީގެ މާލީ ހާލަތު އިތުރަށް ވަރުގަދަވެ، ދެވަނަ ކުއާޓަރުގައި ބޮޑު ކުރިއެރުމެއް ހޯދައިފި

ސްޓްރައިޕް އާއި އެޑްވެންޓުން ޕޭޕަލް ގަންނަން ހުށަހެޅި 53 ބިލިއަން ޑޮލަރުގެ ބިޑާއެކު ފިންޓެކް ދާއިރާ ހަލަބޮލިވެއްޖެ

ބޭންކް އޮފް މޯލްޑިވްސްއިން ޓީޓީ ޕްރޮސެސްކުރުން ލަސްވުމުގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް

ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުޅިން އަލަށް ހަތް ބްރާންޗެއް ހުޅުވައިފި

މިޔަންމާއަށް މިއަދު އައި ބާރުގަދަ ބިންހެލުމުގެ އަސަރު، ގިނަ އަދަދެއްގެ ދިވެހީން އުޅޭ ތައިލޭންޑަށް ވެސް ކޮށްފައިވާތީ، އެ ގައުމަށް މިއަދު ހިލޭ ގުޅޭނެ އިންތިޒާމު އުރީދޫ މޯލްޑިވްސްއިން ހަމަޖައްސައިފިއެވެ.

މިއަދު މެންދުރުގެ ވަގުތެއްގައި މިޔަންމާއަށް 7.7 މެގްނިޓިއުޑާއި 6.4 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވާއިރު، މި ބާރުގަދަ ބިންހެލުމުގެ ސަބަބުން މިޔަންމާއާއި ތައިލެންޑަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި އެ ސަރަހައްދުގެ އެހެން ހިސާބުތަކަށް ވެސް މި ބިންހެލުމުގެ އަސަރު އިހުސާސް ކުރެވިފައިވާ ކަމަށް, އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް)އިން ވަނީ ބުނެފައެވެ.

އެ ހާދިސާއާ ގުޅިގެން އުރީދޫއިން ބުނީ، އުރީދޫ މެދުވެރިކޮށް ތައިލޭންޑަށް ގުޅުމުން މިރޭ މެންދަމު 12 ޖެހުމާ ހަމައަށް އެއްވެސް އަގެއް ނުނެގުމަށް ހަމަ ޖެހިފައިވާ ކަމަށެވެ.

“މިވަގުތުގައި އާއިލާއާއި ރައްޓެހިންގެ ހާލު ބެލުމަށް ފަސޭހަވެގެން ދާނެކަމަށް އުއްމީދުކުރަން.” އެ ކުންފުނިން ބުނެފައިވެއެވެ.

އެ ބިންހެލުމުގައި އެއްވެސް ދިވެއްސަކަށް އަނިޔާވެގެން މިހާތަނަށް ރިޕޯޓުކޮށްފައިނުވާ ކަމަށް އެ ގައުމަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީގު ވަނީ ވިދާޅުވެފައެވެ.

ފޮރިން މިނިސްޓްރީން ވެސް ވަނީ، މިހާތަނަށް ބެލި ބެލުމުން އެ ގައުމުގައި ދިރިއުޅޭ ހުރިހާ ދިވެހީންގެ ހާލު ވެސް ރަނގަޅުކަން އެނގިފައިވާ ކަމަށް ބުނެފައެވެ. އަދި މިޔަންމާގައި އެއްވެސް ދިވެއްސަކު މިވަގުތު ހުރިތޯ ބެލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

އެ ހާދިސާއާ ގުޅިގެން ދިވެއްސަކު އެހީ ބޭނުންވާނަމަ، ތައިލެންޑްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ހޮޓްލައިން ނަންބަރަށް ނުވަތަ މިނިސްޓްރީގެ ހޮޓްލައިން ނަންބަރަށް ގުޅުމަށް މިނިސްޓްރީން ވަނީ އެދިފައެވެ. އަދި މިޔަންމާގައި މިވަގުތު އެއްވެސް ދިވެހި ރައްޔިތެއްވާނަމަ ވެސް އެމްބަސީއަށް ނުވަތަ މިނިސްޓްރީއަށް ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.