މިލިއުން ޝެއަރ ކުރައްވާ

މި ފަހަރު ބޭނުން 5 މީހަކަށް އެއް އަހަރު ދުވަހަށް ހިލޭ 12ޖީބީ ޑޭޓާ ފޮނުވާލެވޭނެ

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

އެމް.އައި.ބީގެ މާލީ ހާލަތު އިތުރަށް ވަރުގަދަވެ، ދެވަނަ ކުއާޓަރުގައި ބޮޑު ކުރިއެރުމެއް ހޯދައިފި

ސްޓްރައިޕް އާއި އެޑްވެންޓުން ޕޭޕަލް ގަންނަން ހުށަހެޅި 53 ބިލިއަން ޑޮލަރުގެ ބިޑާއެކު ފިންޓެކް ދާއިރާ ހަލަބޮލިވެއްޖެ

ބޭންކް އޮފް މޯލްޑިވްސްއިން ޓީޓީ ޕްރޮސެސްކުރުން ލަސްވުމުގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް

ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުޅިން އަލަށް ހަތް ބްރާންޗެއް ހުޅުވައިފި

ދިރާގުން ފިތުރު އީދުގެ މުނާސަބަތުގައި ވަރަށް ހާއްސަ އޮފާއެއް ތައާރަފްކޮށްފި އެވެ.

މި އޮފާގެ ދަށުން ދިރާގު ކަސްޓަމަރުންނަށް އީދު ހަދިޔާގެ ގޮތުގައި އާއިލާ ނުވަތަ ރައްޓެހިންގެ ތެރެއިން ފަސް މީހަކަށް 12 މަސް ދުވަހުގެ މުއްދަތައް 1ޖީބީ ޑޭޓާ ކޮންމެ މަހަކު ހިލޭ ލިބޭ ގޮތަށް ފޮނުވާލެވޭ ނެއެވެ. މިއީ ދިރާގު ކަސްޓަމަރުންނަށް މުޅިން ހިލޭ ލިބޭ އޮފާއެއް ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ.
މި ކަމާ ބެހޭގޮތުން ދިރާގުގެ ޑިރެކްޓަރު ބްރޭންޑް އެންޑް މާކެޓިންގް ކޮމިއުނިކޭޝަންސް، މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ އީދުގެ އުފާވެރި މުނާސަބަތުގައި މި ތައާރަފްކުރި އޮފާ މެދުވެރިކޮށް ދިރާގުގެ ކަސްޓަމަރުންގެ އާއިލާ އާއި ރަހުމަތްތެރިންގެ މެދުގައިވާ ގުޅުން އިތުރަށް ވަރުގަދަކުރުމަށް އެހީތެރިވެދީ އީދުގެ އުފަލުގައި އެންމެން ބައިވެރިކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
“އެއްބައިވަންތަ މުޖުތަމައުއެއް ބިނާކޮށް، ކަސްޓަމަރުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތައް ގެނެސްދިނުމަކީ ދިރާގުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް،” މިރްޝާން ވިދާޅުވި އެވެ.
ދިރާގު ޕޯސްޓްޕެއިޑް އަދި ޕްރިޕެއިޑް ކޮންމެ ކަސްޓަމަރަކަށް ވެސް ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް 30 މާރިޗު އިން އަންނަ އެޕްރީލް މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް މި އޮފާގެ ދަށުން ދިރާގުއެޕް މެދުވެރިކޮށް އީދު ހަދިޔާ ފޮނުވޭނެ އެވެ. އަދި، ކޮންމެ މަހަކު ލިބޭ 1ޖީބީ ޑޭޓާ ފަސް ދުވަހުގެ މުއްދަތަށް ބޭނުންކުރެވޭނެ އެވެ.
އެކި މުނާސަބަތުތަކަށް ހާއްސަކޮށްގެން ކަސްޓަމަރުން އެކަކު އަނެކަކާ ގުޅުވައިދީ، އެއްބައިވަންތަކަން އިތުރުކުރުމަށް އެހީތެރިވުމުގެ ގޮތުން ދިރާގުން ދަނީ ތަފާތު ޕްރޮމޯޝަންތައް ހިންގައި އަގުހުރި އޮފާތަކާއި އަގުހުރި އިނާމުތައް ކަސްޓަމަރުންނާ ހަމައަށް ގެނެސްދެމުންނެވެ.