މިލިއުން ޝެއަރ ކުރައްވާ

ފޯނު ނުލައި ގަޑިއަށް ފޯނާއި މެސެޖު

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

އެމް.އައި.ބީގެ މާލީ ހާލަތު އިތުރަށް ވަރުގަދަވެ، ދެވަނަ ކުއާޓަރުގައި ބޮޑު ކުރިއެރުމެއް ހޯދައިފި

ސްޓްރައިޕް އާއި އެޑްވެންޓުން ޕޭޕަލް ގަންނަން ހުށަހެޅި 53 ބިލިއަން ޑޮލަރުގެ ބިޑާއެކު ފިންޓެކް ދާއިރާ ހަލަބޮލިވެއްޖެ

ބޭންކް އޮފް މޯލްޑިވްސްއިން ޓީޓީ ޕްރޮސެސްކުރުން ލަސްވުމުގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް

ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުޅިން އަލަށް ހަތް ބްރާންޗެއް ހުޅުވައިފި

މޯބައިލް ފޯނާއި ނުލައި، އެޕަލް ވޮޗަށް ފޯނާއި މެސެޖުގެ ހިދުމަތް ލިބޭ އެޕަލް ވެއާރަބަލް ހިދުމަތް އުރީދޫ މޯލްޑިވްސް އިން ތައާރަފުކޮށްފި އެވެ.

އުރީދޫ މޯލްޑިވްސް އިން މުޅިން އަލަށް ރާއްޖެއަށް ތައާރަފް ކުރި ހިދުމަތާ ގުޅޭގޮތުން އުރީދޫގެ އެސިސްޓަންޓް މެނޭޖާ ޕީއާރް، ޝިއުނާ ހަމީދު ވިދާޅުވީ އުރީދޫގެ ހުރިހާ މޯބައިލް ކަސްޓަމަރުންނަށް މިހާރު މި ހިދުމަތް އެކްޓިވޭޓް ކުރެވޭނެ ކަމަށެވެ.
“މިހާރު އަޅުގަނޑުމެންގެ ހުރިހާ މޯބައިލް ކަސްޓަމަރުންނަށްވެސް މި ސާވިސް އެކްޓިވޭޓް ކޮށްލެވޭނެ. މި ސާވިސް އެކްޓިވޭޓްކޮށްލާ ފުރަތަމަ ހަ މަސް އެ ފަރާތަކަށް އެބަ ލިބިގެންދޭ އިތުރު އެއްވެސް ޗާޖަކާ ނުލައި،” ޝިއުނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގޮތުގައި ހަ މަހަށްފަހު، މަހަކު އެންމެ 199 ރުފިޔާއަށް މި ހިދުމަތް ލިބޭނެ އެވެ.
“ވަރަށް ގިނަ ފަހަރު އެބަ ބޭނުންވޭ ފޯނު ނުލާ އެކަމަކުވެސް ކަނެކްޓްވެފައި ހުންނަން. މީގެ ތެރޭގައި އެބަ ހިމެނޭ ފޯނުން ޗާޖުދާ ފަހަރު ނޫނީ ކަސްރަތަށް ނިކުމެލާ ފަހަރު އަދި ދަތުރު ގޮސް ނޫނީ މަހަށް ނިކުމެލާ ފަހަރުފަހަރުގައިވެސް އެބަ ބޭނުންވޭ ކަނެކްޓްވެފަ ހުންނަން. އެކަމަކު ފޯނު ނުގެންގުޅެވޭ ފަހަރު ދިމާވެގެންދޭ،” ޝިއުނާ ވިދާޅުވި އެވެ.
މިއީ ވަރަށް ގިނަ ކަސްޓަމަރުން ބޭނުންތެރި ހިދުމަތެއްކަން އުރީދޫ އިން ފާހަގަކުރެ އެވެ.
އުރީދޫ އިން ތައާރަފުކުރި މި ހިދުމަތާއެކު ފޯނު ނެތް ނަމަވެސް އަބަދުވެސް ކަނެކްޓްވެފައި ހުރެވޭނެ ކަމަށާއި ގަޑީގެ ޒަރިއްޔާއިން ފޯނު ކޯލާއި މެސެޖުގެ މުއާމަލާތް ކުރެވޭނެ ކަމަށްވެސް ޝިއުނާ ވިދާޅުވި އެވެ.