މިލިއުން ޝެއަރ ކުރައްވާ

ދިރާގު ގޭމާސް ގިލްޑްއިން ކޮންމެ މަހަކު ޕީއެސް5 ޕްރޯއެއް!

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

އެމް.އައި.ބީގެ މާލީ ހާލަތު އިތުރަށް ވަރުގަދަވެ، ދެވަނަ ކުއާޓަރުގައި ބޮޑު ކުރިއެރުމެއް ހޯދައިފި

ސްޓްރައިޕް އާއި އެޑްވެންޓުން ޕޭޕަލް ގަންނަން ހުށަހެޅި 53 ބިލިއަން ޑޮލަރުގެ ބިޑާއެކު ފިންޓެކް ދާއިރާ ހަލަބޮލިވެއްޖެ

ބޭންކް އޮފް މޯލްޑިވްސްއިން ޓީޓީ ޕްރޮސެސްކުރުން ލަސްވުމުގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް

ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުޅިން އަލަށް ހަތް ބްރާންޗެއް ހުޅުވައިފި

ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ)އިން ކޮންމެ މަހަކު “ޕްލޭސްޓޭޝަން ފައިވް” ޕްރޯއެއް ހޯދުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.

ދިރާގުން ބުނީ މިއީ ގޭމަރުންނަށް އެންމެ ފަހުގެ ޕްލޭސްޓޭޝަނަށް އަޕްގްރޭޑްކޮށްލަން ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ.

މި ފުރުސަތުގެ ބޭނުންހިފައި މި ލަކީޑްރޯގައި ބައިވެރިވުމަށް ހަދަންޖެހޭ ގޮތަކީ:

  1. ޑީޖީޖީއަށް ސައިން-އަޕް ކުރުން: https://dgg.mv/sign-up
  2. ޑީޖީޖީގެ އިންސްޓަގްރާމް، ޓިކްޓޮކް އަދި ފޭސްބުކް އެކައުންޓް ފޮލޯ ކުރުން

ދިރާގުން ބުނީ އެހާ ފަސޭހައިން ބައިވެރިވެވޭ ގޮތަށް ތިން މަހުގެ މުއްދަތައް ކުރިއަށްގެންދާ މި އަގުހުރި ލަކީ ޑްރޯގައި ރާއްޖޭގެ ކޮންމެ މީހަކަށް ވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވައިލައިފަ ކަމަށެވެ. އަދި ކޮންމެ މަހަކު ނަގާ ލަކީ ޑްރޯއިން ހޮވޭ ނަސީބުވެރިއަކަށް މުޅިން އައު ޕީއެސ5ް ޕްރޯއެއް ލިބޭނެ ކަމަށެވެ.

މި ލަކީ ޑްރޯގެ ނަސީބުވެރި ފަރާތްތައް ދިރާގުގެ ސޯޝަލް މީޑިއާ މެދުވެރިކޮށް އިއުލާނުކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ދިރާގުން ބުނި ގޮތުގައި ޑީޖީޖީއިން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީ-ސްޕޯޓްސް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއްކޮށް, ދިވެހި ގޭމަރުންނަށް އެންމެ ފަހުގެ ވަސީލަތްތައް ފޯރުކޮށްދިނުމަށް އެހީތެރިވެދެމުންނެވެ. އަދި ޑީޖީޖީއިން ދަނީ ވާދަވެރި މުބާރާތްތައް އަގުހުރި އިނާމުތަކާއެކު ބާއްވައި، ރާއްޖޭގެ ގޭމިން ހުނަރު އިތުރުކުރުމަށް ގިނަ ފުރުސަތުތަކެއް ހޯދައިދެމުން ކަމަށް އެ ކުންފުނިން ބުންޏެވެ.