މިލިއުން ޝެއަރ ކުރައްވާ

އެލައިޑް ކުންފުނީގެ ކޮމިއުނިޓީ ފަންޑާއި އެޑިއުކޭޝަން ފަންޑުގެ ގްރާންޓް ލިބުނު ފަރާތްތައް އިޢުލާންކޮށްފި

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

އެމް.އައި.ބީގެ މާލީ ހާލަތު އިތުރަށް ވަރުގަދަވެ، ދެވަނަ ކުއާޓަރުގައި ބޮޑު ކުރިއެރުމެއް ހޯދައިފި

ސްޓްރައިޕް އާއި އެޑްވެންޓުން ޕޭޕަލް ގަންނަން ހުށަހެޅި 53 ބިލިއަން ޑޮލަރުގެ ބިޑާއެކު ފިންޓެކް ދާއިރާ ހަލަބޮލިވެއްޖެ

ބޭންކް އޮފް މޯލްޑިވްސްއިން ޓީޓީ ޕްރޮސެސްކުރުން ލަސްވުމުގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް

ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުޅިން އަލަށް ހަތް ބްރާންޗެއް ހުޅުވައިފި

އެލައިޑް އިންޝުއަރެންސް ކުންފުނިން 2023 ވަނަ އަހަރު ހިންގި “ޕްރީމިއަމް ފޯ ގުޑް” ޕްރޮގްރާމަށް ހުށައަޅާފައިވާ ޕްރޮޖެކްޓުތަކުގެ ފަންޑު ލިބުނު މުއައްސަސާތައް ޢިއުލާނުކޮށްފިއެވެ.

މިގޮތުން، މުޖުތަމަޢުއަށް ފައިދާ ކުރުވަނިވި ޕްރޮޖްކްޓުތަކަށް 50،000.00 ރުފިޔާ ކަނޑައަޅާފައި ވާއިރު، މިފަންޑު ލިބިފައިވަނީ:

  1. ޅ. ނައިފަރު ޖުވެނައިލް – ޅ. ނައިފަރުން ޕްލާސްޓޮކް ނައްތާލުމުގެ ޕްރޮގްރާމް
  2. ށ. މިލަންދޫ ކުޅިވަރު ޖަމިއްޔާ – ކަސްރަތު ޓްރެއިނިން ޕްރޮގްރާމް
  3. ވ. ކެޔޮދޫ އިސްދަރިވަރުންގެ ޖަމިއްޔާ – ކެޔޮދޫ ސްކޫލަށް ކުޅިވަރާ ބެހޭ ތަކެތި ހޯދުން
  4. ށ. ކަނޑިތީމު “ބްލޫ ގިލްޑް ފައުންޑޭޝަން” – ރާޅާއެރުމުގެ ހުނަރު އިތުރަށް ތަރައްޤީ ކުރުމަށް ބާއްވާ ޕްރޮގްރާމް

މީގެ އިތުރުން، ތަޢުލީމީ ދާއިރާގެ ޕްރޮޖްކްޓުތަކަށް 25،000.00 ރުފިޔާ ކަނޑައަޅާފައި ވާއިރު، މިފަންޑު ލިބިފައިވަނީ:

  1. ށ. ފޯކައިދޫ ސްކޫލް – ކިޔަވަން އިށީންނަ ބެންޗު ހެދުމަށް
  2. ގއ. މާމެންދޫ ސްކޫލް – ދަރިވަރުން ހޭލުންތެރިކޮށް، ތަރައްޤީ ކުރުމުގެ ޕްރޮގްރާމް
  3. ތ. ހިރިލަންދޫ ސްކޫލް – ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނާ ގުޅޭ މާޙައުލެއް ބިނާކުރުން
  4. ބ. އަތޮޅު ތަޢުލީމީ ސެންޓަރު – އަޑާއި މަންޒަރުން އުނގަންނައިދޭ ކްލާސްރޫމް ތަރައްޤީ ކުރުމަށް
  5. ޏ. ފުވައްމުލަކުގެ މުޙައްމަދު ޖަމާލުއްދީން ސްކޫލް – ލައިބްރެރީ ފޮތްތައް ހޯދުން
  6. ޅ. ނައިފަރުގެ މަދަރުސަތުލް އިފްތިތާޙް – ބެލެނިވެރިންނަށް ލިޔަންކިޔަން ދަތުމުގެ ޕްރޮގްރާމް

އެލައިޑް އިންޝުއަރެންސް ކުންފުންޏަކީ 1985 ވަނަ އަހަރު، އިނގިރޭސިވިލާތުގެ ކޮމާޝަލް ޔޫނިއަން އެޝުއަރެންސް ކޮމްޕެނީ އާއި ދިވެހިރާއްޖޭގެ ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) ގުޅިގެން ފެށި ކުންފުންޏެކެވެ. ނަމަވެސް އޭގެ 2 އަހަރު ފަހުން އެސްޓީއޯ އިން ބޭރުގެ ހިއްސާ ގަނެ ސައްތައިންސައްތަ ދިވެހި ކުންފުންޏަކަށް އެލައިޑް އިންޝުއަރެންސް ހެދިއެވެ. ރާއްޖޭގެ ވިޔަފާރި ދުނިޔޭގައި މިއަދު އެލައިޑް އިންޝުއަރެންސް އަކީ އެންމެ ބޮޑު އެއް ފައިނޭންޝަލް އިންސްޓިޓިއުޓް ކަމުގައި ވާއިރު، ތިމާވެށި ހިމާޔަތްކުރުމުގައާއި މުޖުތަމަޢަށް އެހީތެރިވެ، ތަޢުލީމާއި ހޭލުންތެރިކަން އިތުރުކުރުމަށް، ފުޅާ ދާއިރާއެއްގައި މި ކުންފުނިން މަސައްކަތްކުރެއެވެ.

“ޕްރީމިއަމް ފޯ ގުޑް” އިނިޝިއޭޓިވް އުފެއްދީ ޔޫއެންޑީޕީއާ ގުޅިގެން މިދެންނެވި ކަންތައްތައް ޙާސިލްކުރުމަށެވެ. މި ޕްރޮގްރާމްގެ ދަށުން އެލައިޑްގެ ހުރިހާ ހަރަކާތްތަކެއް ދެމެހެއްޓެނިވި ތަރައްޤީގެ ދެ ލަނޑުދަނޑިއެށް ކަމަށްވާ، ތަފާތު ކުރުން ކުޑަ ކުރުމާއި ރަނގަޅު ތަޢުލީމު ފޯރުކޮށްދިނުމަށް މަސައްކަތް ކުރެއެވެ.