މިލިއުން ޝެއަރ ކުރައްވާ

“ޔުނައިޓެޑް ބައި ޔުނީކް” ހަރަކާތުގައި ޓްރީ ޓޮޕް ބައިވެރިވެއްޖެ.

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

އެމް.އައި.ބީގެ މާލީ ހާލަތު އިތުރަށް ވަރުގަދަވެ، ދެވަނަ ކުއާޓަރުގައި ބޮޑު ކުރިއެރުމެއް ހޯދައިފި

ސްޓްރައިޕް އާއި އެޑްވެންޓުން ޕޭޕަލް ގަންނަން ހުށަހެޅި 53 ބިލިއަން ޑޮލަރުގެ ބިޑާއެކު ފިންޓެކް ދާއިރާ ހަލަބޮލިވެއްޖެ

ބޭންކް އޮފް މޯލްޑިވްސްއިން ޓީޓީ ޕްރޮސެސްކުރުން ލަސްވުމުގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް

ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުޅިން އަލަށް ހަތް ބްރާންޗެއް ހުޅުވައިފި

ދުނިޔޭގެ ކެންސަރު ދުވަހާ ގުޅުވައިގެން، ފާއިތުވި ހޮނިހިރު ދުވަހު ކެންސާ ސޮސައިޓީގެ އިސްނެގުމުގައި ބޭއްވުނު “ޔުނައިޓެޑް ބައި ޔުނީކް” ހަރަކާތުގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބައިވެރިވެއްޖެއެވެ.

މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރުމަށް އަމާޒުކޮށްގެން ބޭއްވުނު މި ހަރަކާތުގައި، ޓްރީ ޓޮޕް ހޮސްޕިޓަލުގެ ފަރާތުން ބައިވެރިވެވަޑައިގަތީ އެ ހޮސްޕިޓަލުގެ ސްޕެޝަލިސްޓް އޮންކޮލޮޖިސްޓް ޑރ. މުޙައްމަދު ޢަމްރު އާއި ކޮންސަލްޓަންޓް އީ.އެން.ޓީ ޑރ. ރާޖޭޝް ވާލަންދުއެވެ. މި ދެ ޑޮކްޓަރުންނަކީވެސް ކެންސަރާ ގުޅޭ ފަރުވާ އަދި ސަރޖަރީގެ ދާއިރާއިން ފާހަގަކޮށްލެވޭ ތަޖުރިބާކާރު ޑޮކްޓަރުންނެވެ.

މި ހަރަކާތުގައި ޑރ. ރާޖޭޝް އަދި ޑރ. ޢަމްރު ވަނީ ދިވެހިރާއްޖޭގައި އާންމުކޮށް ފެންނަ ކެންސަރު ބަލިތަކާއި، އެ ބަލިތައް ދެނެގަތުމުގެ ގޮތްތަކުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. އަދި ހަމައެހެންމެ، ކެންސަރުގެ ފަރުވާ ހޯދަމުންދާއިރު ދިރިއުޅުން ބައްޓަންކުރާނެ ގޮތްތަކާ ބެހޭ މަޢުލޫމާތުވެސް ވަނީ ފޯރުކޮށްދެއްވާފައެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ހާމަކުރި ގޮތުގައި، ސިއްޙީ ހޭލުންތެރިކަމުގެ ހަރަކާތްތަކަށް އެ ހޮސްޕިޓަލުން ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއެވެ. އަދި މުޖުތަމަޢުގެ ސިއްޙީ ދުޅަހެޔޮކަން އިތުރުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށްވެސް އެ ފަރާތުން ފާހަގަކުރިއެވެ.

ދުނިޔޭގެ ކެންސަރު ބަލީގެ ދުވަސް ފާހަގަކުރެވެނީ ކޮންމެ އަހަރެއްގެވެސް ފެބުރުވަރީ މަހުގެ 4 ވަނަ ދުވަހުއެވެ.